Advertisement

އޭސީސީ މެންބަރުން ބައިވެރިވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވަކި ސަބަބެއް ހާމަކުރުމެއް ނެތި ސިއްރުކޮށްފި

9 ޖުލައި 2025 - 12:52 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އޭސީސީ މެންބަރުން ބައިވެރިވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވަކި ސަބަބެއް ހާމަކުރުމެއް ނެތި ސިއްރުކޮށްފި

9 ޖުލައި 2025 - 12:52 3

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުން ވަކި ސަބަބެއް ހާމަނުކޮށް ސިއްރުކޮށްފި އެވެ.

އެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުالله ޝަރީފް އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ފާސްކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ކޮމިޓީގެ މެންބަރުން ހާމައެއް ނުކުރެ އެވެ.

އެ ބައްދަލުވުމަކީ އެސީސީގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މަޖިލީހާ މައުލޫމާތު ހިއްސާ ކުރުމަށް އެ ކޮމިޝަނުން އަމިއްލައަށް އެދިގެން ތާވަލު ކުރި ބައްދަލުވުމެކެވެ.

އޭސީސީގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މަޖިލީހާ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ބައްދަލުވުން ސިއްރު ކުރިއިރު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން، އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްސަލަ އެ ކޮމިޝަނުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް އަދި ސުއޫދުގެ މައްޗަށް އޭސީސީން ހިންގަމުންދަނީ ޖިނާއީ ތަހުގީގެކެވެ. އެކަމާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ތަފްސީލެއް އާރްޓީއައި ހުށަހަޅައިގެން ވެސް ހާމައެއް ނުކުރެ އެވެ.