Advertisement

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަ ކޮލެޖު އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ނިމިއްޖެ

8 ޖުލައި 2025 - 10:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަ ކޮލެޖު އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ: އުރީދޫ


އުރީދޫ ނޭޝަން އިން ބޭއްވި އިންޓަ ކޮލެޖު އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ނިމިއްޖެ

8 ޖުލައި 2025 - 10:55 0

އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ އިންޓަ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ އެ މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވި އެވެ.

މުބާރާތުގެ ގޭމްތަކުގެ ޗެމްޕިއަނުންނަށް 5،000ރ.، ދެވަނައަށް 3،000ރ. އަދި ތިންވަނައަށް 2،000ރ. ވަނީ ހުށަހަޅާފަ އެވެ.

އުރީދޫ ނޭޝަންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކުރުވާ ފުޅާވަމުންދާ އެ ދާއިރާ އަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އީއޭއެފްސީ:

ޗެމްޕިއަން: ޔޫސުފް (ވިލާ ކޮލެޖް) – 5،000ރ.

ދެވަނަ: ޒަކްވާން (ޔުނިވާސިޓީ އޮފް އެޑިންބަރާ) - 3،000ރ.

ތިންވަނަ: ދާއިން (ވިލާ ކޮލެޖް) – 2،000ރ.

ޕަބްޖީ މޮބައިލް:

ޗެމްޕިއަން: އެމްއެންޔޫބީއެސް - 5،000ރ.

ދެވަނަ: ވިލާ ކޮލެޖް – 3،000ރ.

ތިންވަނަ: އެމްއެންޔޫބީއެސް - އޯޖީއެސް - 2،000ރ.

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ):

ޗެމްޕިއަން: ޓީމް އެމްއެންޔޫ - 5،000ރ.

ދެވަނަ: ޓީމް އެމްއެންޔޫ – 3،000ރ.

ތިންވަނަ: ޓީމް ވިލާ - 2،000ރ.

ދަރިވަރުން ނަށް އެކުދިންގެ ފޭވަރިޓް ގޭމްތައް ކުޅުމުގެ ތެރޭގައި އެންގޭޖްކޮށް، ވާދަކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް، އުރީދޫ ނެޝަނުން ޓީމްވޯކާއި ދުޅަހެޔޮ ވާދަވެރިކަމާއި ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދެ އެވެ.