Advertisement

ޑިމެންޝިއާއާ ބެހޭ ދިރާސާއެއް ކުރަން ގައުމީ ޔުނިވާސިޓީއިން ނިންމައިފި

7 ޖުލައި 2025 - 18:35 1

ރަށެއްގައި އުމުރުން ދުވަސްވީ ބަޔަކު ހަރަކާތްތެރިވަނީ: ދިރާސާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު ފައިލް


ޑިމެންޝިއާއާ ބެހޭ ދިރާސާއެއް ކުރަން ގައުމީ ޔުނިވާސިޓީއިން ނިންމައިފި

7 ޖުލައި 2025 - 18:35 1

ޑިމެންޝިއާއާ ބެހޭ ދިރާސާއެއް މާލޭ ސަރަހައްދުގައި ކުރިއަށްގެންދަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ނިންމައިފި އެވެ.

ޑިމެންޝިއާއަކީ އާންމު ދިރިއުޅުމަށް ދަތިވާ މިންވަރަށް ވިސްނުމާއި ހަނދާން ކުރުމާއި ކަންކަން ނިންމުމުގެ ބާރު ހާލަތު ބަލިވުމަށް ދީފައިވާ ނަމެކެވެ.

ޔުނިވާސިޓީ އިން ބުނީ ޖުލައި 12، ގައި ފަށަން ނިންމާފައިވާ އެ ދިރާސާގައި ބަލާނީ އުމުރުން 55 އަހަރުން މަތީގެ މީހުންގެ ހާލަތު ކަމަށެވެ. އެ ދިރާސާގައި މައިގަނޑު ތިން ކަމެއް ކުރަން ވަނީ ނިންމައިފަ އެވެ. އެއީ:

  • ޑިމެންޝިއާ އާންމު މިންވަރު
  • ދިރިއުޅުމުގެ އާދަތަކާއި ސިއްހީ ހާލަތާއި ޖެނެޓިކްސްގެ ސަބަބުން ޑިމެންޝިއާއާ ކުރިމަތިލާންޖެހޭ މިންވަރު
  • އިންޓަވިއު، ހަނދާނުގެ ޓެސްޓުތައް، ލެބޯޓަރީ ޓެސްޓުތައް އަދި ޖެނެޓިކް ޓެސްޓުތައް ހަދައިގެން ސިކުނޑީގެ ހާލަތު ވަޒަން ކުރުން

އެ ދިރާސާ ކުރިއަށްގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. ދިރާސާގައި ބައިވެރިވާން ބޭނުންވާ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ދިރާސާގައި ބައިވެރިވާން ބޭނުންވާ ނަމަ 7375569 އަށް ގުޅުމުން އެކަން ހަމަޖެހޭނެ އެވެ. ދިރާސާގެ ތެރެއިން ޑިމެންޝިއާގެ އެއްވެސް ނިޝާނެއް ފާހަގަވާ ނަމަ އެމީހަކަށް އަންގާނެ އެވެ.

އެ ދިރާސާއަކީ ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާތަކުން ރުހުން ދީފައިވާ ދިރާސާއެކެވެ. އެ ދިރާސާ ކުރިއަށް ގެންދަނީ އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.