Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

6 ޖުލައި 2025 - 19:15 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: އަދަދު


ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

6 ޖުލައި 2025 - 19:15 0

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ތިން ބޭފުޅެއްގެ ދައުރު ހަމަވާތީ އެ ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 20، ގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރައީސް އޮފީހުން ކަމަށް އެ އިއުލާނުގައި ބުންޏެވެ. އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.