6 ޖުލައި 2025 - 13:07 0
ލީވާން އަލީ ނާސިރު
ވިލުފުށި ތެޔޮ ބޯޓެއްގައި ރޯވުން: ފިހުނު ދިވެހި މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި -- ފޮޓޯ: އެމްއެންޑީއެފް
6 ޖުލައި 2025 - 13:07 0
ތ. ވިލުފުށި ތެޔޮ ބޯޓެއްގައި ޖުލައި 1، ގައި ރޯވެ ފިހުނު މީހާއަށް އަދިވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހުނު 61 އަހަރުގެ ދިވެހި މީހާއަށް ފަރުވާދެނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ވިލުފުށި ބަނދަރުގައި އޮތް އެ ތެޔޮ ބޯޓުގައި ރޯވި ހާދިސާގައި ދިވެހި މީހާގެ އިތުރުން ބިދޭސީއަކު ފިހިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދިޔަ އެވެ. ނަމަވެސް ބިދޭސީ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ނުލިބެ އެވެ.
ފުލުހުން ބުނީ ތެޔޮ ބޯޓުގައި ރޯވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ހާދިސާގައި ތެޔޮ ބޯޓު ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. ތެޔޮ ބޯޓުގައި ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
Comment