Advertisement

ރިސޯޓް ވޮލީ ލީގުގެ ފުރަތަމަ މޮޅު ސިޔާމް އޮޅުވެލި އަށް

5 ޖުލައި 2025 - 07:26 0


ރިސޯޓް ވޮލީ ލީގުގެ ފުރަތަމަ މޮޅު ސިޔާމް އޮޅުވެލި އަށް

5 ޖުލައި 2025 - 07:26 0

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސަން ސިޔާމް އޮޅުވެލިން މޮޅުވެއްޖެ އެވެ.

ސައުތު މާލެ ލީގުގައި ސަން ސިޔާމް އޮޅުވެލީގެ އިތުރުން، ވަލްޑޯފް އެސްޓޯރިއާ އަދި ހޮލިޑޭ އިން ކަނޑޫމާ ރިސޯޓް އެވެ.

ސަން ސިޔާމް އޮޅުވެލީގައި މި ލީގުގެ މެޗުތައް ކުޅޭއިރު، ފުރަތަމަ މެޗުގައި، ހޮލިޑޭ އިން އަތުން ސަން ސިޔާމް އޮޅުވެލި މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 25-19، 25-23 އަދި، 25-22 އިންނެެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސަން ސިޔާމް އޮޅުވެލީގެ މާރިފް އަލީ ނަސީރު އެވެ.

ދެ ވަަނަ މެޗުގައި، މިއަދު ސަން ސިޔާމު އޮޅުވެލި ކުޅޭނީ ވަލްޑޯފް އަސްޓޯރިއާއާ އެވެ. މި ލީގުގެ ފައިނަލް މެޗު ކުޅެނީ މި މަހު 10 ވަނަ ދުވަހު އެވެ.


މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލް ރައްޒާގު އިބްރާހިމް އެވެ.

ދެން، ބައިވެރިވެވަޑައިގެންނެވީ، އޮލިމްޕިކް ކޮމިޓީގެ ދެ ނައިބު ރައީސުން ކަމަށްވާ، އަހުމަދު މުންތަގިމް (މުންތޭ) އާއި އަހުމަދު އިސްމާއިލްގެ އިތުރުން، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) އަދި ވޮލީ އެސޯސިއޭޝަންގެ ނައިބު ރައީސް، އަލީ ލަތީފް އެވެ.

ސައުތު މާލެ ލީގުގެ ޗެމްޕިއަން އަށް ފުރުސަތު ލިބޭނީ، ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް އިންނެވެ. އެ ބުރުގައި ކުޅޭނީ، ސައުތު މާލެ ލީގުގެ ޗެމްޕިއަންގެ އިތުރުން، ނޯތު މާލެ ލީގު ޗެމްޕިއަނާއި ރަނަރަޕް، ބާ ލީގު ޗެމްޕިއަން އަދި އދ. ލީގު ޗެމްޕިއަން އާއި ރަނަރަޕް އެވެ. ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް ކުރިއަށްދާނީ، ނޮކައުޓް އުސޫލުންނެވެ. އަދި، މި މުބާރާތުގެ ޗެމްޕިއަން ވެގެންދާނީ ރާއްޖޭގެ ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.