Advertisement

މާލޭގައި ބުޅާތައް މަރުވާން ސަރުކާރުން ވަނީ ދޫކޮށްލާފައި: އާޒިމް

4 ޖުލައި 2025 - 21:10 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭ މޭޔަރު އާދަމް އާޒިމް. -- ފޮޓޯ: އަދަދު


މާލޭގައި ބުޅާތައް މަރުވާން ސަރުކާރުން ވަނީ ދޫކޮށްލާފައި: އާޒިމް

4 ޖުލައި 2025 - 21:10 1

މާލޭގެ މަގުތައް މަތީގައި ގިނަވެގެން އުޅޭ ބުޅާތައް ގެންދަން މާލެ ސިޓީ ކައުންސިލުން ހެދި ބުޅާ ފެސިލިޓީ ގަދަކަމުން އަތުލުމަށް ފަހު, ބުޅާތައް މަރުވާން ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ތުހުމަތު ކުރައްވައިފި އެވެ.

މާލޭގައި އުޅެމުން ދިޔަ ބުޅާތަކުގެ ތެރެއިން އެތައް ސަތޭކަ ބުޅަލެއް ވީނުވީއެއް ނޭނގި މަދުވެފައިވާ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އެޅި ބުޅާ ފެސިލިޓީ މި ސަރުކާރުން ގަދަކަމުން އަތުލުމަށްފަހު އެތަނަށް ގެންގޮސްގެން ބަލަހައްޓަމުން ގެންދަނީ ގޭގޭގައި ގެންގުޅޭ އޮޅު ބުޅާތައް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މަގުމަތީ އުޅޭ ބުޅާތައް ލާން އެމްސީސީން [މާލެ ސިޓީ ކައުންސިލުން] ހެދި ތަނެއް އެއީ، ނަމަވެސް އަދިވެސް ބުޅާތައް ނުގެންގޮސް ރައްޔިތުން ބުޅާ ނަޖިހުގައި އުޅެން ޖައްސާފައި އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން އެ ތިބީ،" އާޒިމް ވިދާޅުވި އެވެ.

މަގުމަތީގައި ގިނަވެގެން އުޅޭ ބުޅާތައް ބުޅާ ފެސިލިޓީއަށް ވަގުތުން ގެންދިޔުމަށް އާޒިމްގެ ޕޯސްޓުގައި ގޮވާލައްވާފައިވެ އެވެ.

އާޒިމް ވިދާޅުވީ ބުޅާ ނަޖިހުގެ ތެރޭގައި ރައްޔިތުން އުޅެން މަޖުބޫރު ކޮށްފައި ބުޅާތައް މަރުވާ ތަން ބަލަން ސަރުކާރުން ތިބުމަކީ ވަރަށް އަނިޔާވެރި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"ބުޅާތައް ލާނެ ތަނެއް ނެތިގެން މިހާރު އުޅޭކަށް ނުޖެހޭނެ، އެހެރީ އެތަން އެމްސީސީން ހަދައިދީފައި،” އާޒިމް ވިދާޅުވި އެވެ.

އޮޅު ހިޔާގެ ބުޅާ ފެސިލިޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ. އެތަން އެޅީ މާލެ ސިޓީ ކައުންސިލުގެ ހަރަދުގައި އެ ކައުންސިލުގެ މުވައްޒަފުންނެވެ.

ނަމަވެސް އެތަނަށް ބުޅާތައް ގެންދަން ތައްޔާރުވެފައި ވަނިކޮށް އެކަން ހުއްޓުވައި އެތަން އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރަން މިދިޔަ ޑިސެމްބަރު 3، ގައި ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

އޭގެ ފަހުން އެކަމާ ގުޅޭ ގޮތުން މެއި 14، ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު، މަރިޔަމް މާރިޔާ ވިދާޅުވީ ބުޅާ ފެސިލިޓީގައި ބަލަައްޓަމުން ދަނީ 30 ބުޅާ ކަމަށެވެ. ބުޅާ ފެސިލިޓީގެ ނަން ރިކަރެންޓު ހަރަދުތަކުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މާރިޔާ އެ ދުވަހު ވިދާޅުވި އެވެ.