Advertisement

ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގެ ހުރިހާ ދަރިވަރުން ވައިސީޓީ އިމްތިހާނުން ފާސްވެއްޖެ

5 ޖުލައި 2025 - 12:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބައިނަލްއަގުވާމީ ޗައިނީޒް ލެންގުއޭޖް ޑޭ ވިލާ ކޮލެޖުން މިދިޔަ އަހަރު ފާހަގަކުރުން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގެ ހުރިހާ ދަރިވަރުން ވައިސީޓީ އިމްތިހާނުން ފާސްވެއްޖެ

5 ޖުލައި 2025 - 12:15 0

ޗައިނާ ބަހުގެ ފެންވަރު ވަޒަންކުރުމަށް ހަދާ ވައިސީޓީ އިމްތިހާނުގައި ބައިވެރިވި ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުން ފާސްވެއްޖެ އެވެ.

ޔޫތު ޗައިނީސް ޓެސްޓު (ވައިސީޓީ) އިމްތިހާނަކީ ޗައިނާ ބަސް ނޫން އެހެން ބަސްބަހުން ވާހަކަދައްކާ މީހުންގެ ތެރެއިން ޗައިނާ ބަސް ދަސްކުރާ މީހުންގެ ބަހުގެ ފެންވަރު ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. ދެ ބަޔަކަށް ބަހާލައިގެން ހަދާ އެ ޓެސްޓުގެ އެކި ލެވެލްތައް ހުރެ އެވެ. އެގޮތުން ލިޔެގެން ހަދާ ޓެސްޓުގެ ހަތަރު ލެވެލެއް އޮންނައިރު، ވާހަކަދައްކައިގެން ހަދާ ޓެސްޓުގެ ދެ ލެވެލެއް އޮވެ އެވެ.

ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގައި ކިޔަވާ ދަރިވަރުންނަށް މިދިޔަ މެއި މަހު ބޭއްވި އެ އިމްތިހާނުގައި ކުޑަކުދިންނަށް ހާއްސަ ޗައިނާ ބަހުގެ ވައިސީޓީ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވިއިރު، އެޗްއެސްކޭ ލެވެލް 1، 2، 3 އަދި ވާހަކަ ދެއްކުމުގެ އެޗްއެސްކޭކޭ ލެވެލް 1 ގެ އިމްތިހާނުގައި ބައިވެރިވި 21 ދަރިވަރުންގެ ތެރެއިން، 20 ދަރިވަރަކު ފާސްވި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ވަނީ އެޗްއެސްކޭ / އެޗްއެސްކޭކޭ އަދި ވައިސީޓީ އިމްތިހާނުގެ ދެ ބުރެއް ރަސްމީކޮށް ބާއްވައިފަ އެވެ. މިގޮތުން މިހާތަނަށް އެ އިމްތިހާނުތަކުން 50 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ފާސްވެފަ އެވެ.

އެޗްއެސްކޭ ނުވަތަ ވައިސީޓީ އިމްތިހާން ހަދައިގެން ދަރިވަރުންނަށް ލިބޭނެ ފައިދާތައް:

• އިތުރު ތައުލީމާއި ސްކޮލާޝިޕް: އެޗްއެސްކޭ ސެޓްފިކެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކަށާއި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، އަގުހުރި ސެޓްފިކެޓެއް.

• ވަޒީފާގެ މައިދާނުގައި ކުރިއެރުން: ފަތުރުވެރިކަން، ހޮސްޕިޓަލިޓީ، ސިއްހީ ހިދުމަތް އަދި ވިޔަފާރީގެ ދާއިރާ ފަދަ ރާއްޖޭގެ މުހިންމު ސިނާއަތްތަކުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ކުރިއެރުމަށް މަގު ހުޅުވިގެންދޭ.

• އަމިއްލަ ހުނަރާއި އިތުބާރު: ޗައިނާ ބަސް ދަސްކުރުމަށް ހިތްވަރު ލިބި، އިތުބާރާއިއެކު ޗައިނާ ބަހުން ވާހަކަ ދެއްކުމަށް މި ކޯހުން މަގުފަހިކޮށްދޭ.

ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް، ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެ އެވެ.

މީގެއިތުރުން އިތުރު މައުލޫމާތު ހޯދުމަށް ވިލާ ކޮލެޖުގެ ހޮޓްލައިން ނަންބަރު 3303200 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.