ވިލާ ކޮލެޖު
ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު، 11 ޖަނަވަރީ 2026 ގެ ނިޔަލަށް އެ ކޮލެޖުން އިތުރުކޮށްފި އެވެ.
މި އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަ ސައިންސް، ސައިބަ ސެކިއުރިޓީ، ޓީޗިން، ބިޒްނަސް މެނޭޖްމަންޓް، އެކައުންޓިން، އިންޖިނިއަރިން، ނަރސިން، ސައިކޮލޮޖީ އަދި ލޯ ފަދަ މުހިންމު ގިނަ ދާއިރާތަކެއް ހިމެނެ އެވެ.
ވިލާ ކޮލެޖުން ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ޑިގްރީތައް ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދެނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަސިޓީ، އަދި މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ސައިބަރޖާޔާ ފަދަ މަޝްހޫރު ޔުނިވަަސިޓީތަކާ ގުޅިގެންނެވެ.
ވިލާ ކޮލެޖަކީ ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މުއައްސަސާއެކެވެ. އެގޮތުން ކިއުއެސް (QS) ސްޓާ ރޭޓިންގައި އެމްޕްލޯޔަބިލިޓީ އާއި އޮންލައިން ލާނިން އިން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ވަނީ ހޯދައިފަ އެވެ. އަދި ޓައިމްސް ހަޔަ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025 ގައި ދުނިޔޭގެ މަތީ 20 ޕަސެންޓު ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި މުއައްސަސާއަކީވެސް ވިލާ ކޮލެޖެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖަނަވަރީ 11، 2026 އެވެ. ކޯސްތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނީ ވިލާ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު 3303200 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ހޯދޭނެއެވެ.
Comment