Advertisement

އިންޖިނިއަރުން ބިނާކުރުމަށް ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

about 2 hours 0

ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން މިއަދު އެމްއޯޔޫގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ވިލާ


އިންޖިނިއަރުން ބިނާކުރުމަށް ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

about 2 hours 0

ދިވެހިރާއްޖޭގެ އިންޖިނިއަރިން ދާއިރާ ކުރިއަރުވައި، އުމްރާނީ ތަރައްގީގެ ދާއިރާއަށް ބޭނުންވާ ގާބިލު ދިވެހި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ރެކްޓަ، ޑރ. އަލީ ނަޖީބެވެ. އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ވައިސް ޕްރެޒިޑެންޓް، އަބްދުލްއަޒީޒް އަބްދުލްހަކީމެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގެ 'ފައުންޑޭޝަން އިން އިންޖިނިއަރިން' ކިޔެވުމަށް ދެ ދަރިވަރަކަށް އަދި 'ބެޗްލަ އޮފް ސިވިލް އިންޖިނިއަރިން' ޕްރޮގްރާމުން އެއް ދަރިވަރަކަށް ފުލް ސްޕޮންސަޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސްޕޮންސަޝިޕްގެ ދަށުން ދަރިވަރުންގެ ކޯސް ފީ އެއްކޮށް ކަވަރުކޮށްދިނުމުގެ އިތުރުން، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން މެންޓަޝިޕާއި މަސައްކަތުގެ އަމަލީ ދާއިރާގެ އިރުޝާދު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކިޔެވުމަށް ހުރި މާލީ ހުރަސްތައް ނައްތާލައި، ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުސްތަގުބަލު ބައްޓަންކުރާނެ ލީޑަރުން ބިނާކުރުމަށް އިންވެސްޓްކުރުމެވެ. މި ގުޅުމުގެ ސަބަބުން ގާބިލް ދަރިވަރުންނަށް އައު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިން ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކޮލެޖުން އުންމީދު ކުރެއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.