Advertisement

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒުގެ ފަރާތުން ޓްރަމްޕަށް

4 ޖުލައި 2025 - 08:20 1


އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒުގެ ފަރާތުން ޓްރަމްޕަށް

4 ޖުލައި 2025 - 08:20 1

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ދަންނަވައިފި އެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، އިނގިރޭސި ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާ އިއުލާނު ކުރި ދުވަހެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ތަހުނިޔާ ކިޔުއްވަމުން ރައީސް ވިދާޅުވީ، އެމެރިކާއަކީ މިނިވަން ގައުމެއްގެ ގޮތުގައި އަބަދުވެސް އޮތުމަށާއި ދާއިމީ ކުރިއެރުން ގައުމަށް ލިބުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާގެ ރައީސްއަށް ރައީސް މުއިއްޒު ތަހުނިޔާ ދެންނެވިއިރު، އެމެރިކާ އާއި ރާއްޖެއާ ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެމެރިކާގެ އިސް އޮފިޝަލުން ރާއްޖޭގެ އިސް އޮފިޝަލުންނާ 30 އަށް ވުރެ ގިނަ ފަހަރު ވަނީ ބައްދަލުކޮށްފަ އެވެ. އެމެރިކާގެ ނޭވީގެ ބައެއް އިސް ވެރިން ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ރާއްޖެއަށް ތިން އަސްކަރީ ޕެޓްރޯލް އުޅަނދަކާއި އަސްކަރީ މަތިންދާބޯޓެއް ހަދިޔާ ކުރަން ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ. އަދި ގާތްގަނޑަށް 12 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ.