Advertisement

ޑިއާޒް ގަންނަން ބަޔާންގެ އޮފާ ލިވަޕޫލުން އަނބުރާ ފޮނުވާލައިފި

3 ޖުލައި 2025 - 07:37 0


ޑިއާޒް ގަންނަން ބަޔާންގެ އޮފާ ލިވަޕޫލުން އަނބުރާ ފޮނުވާލައިފި

3 ޖުލައި 2025 - 07:37 0

ލިވަޕޫލް (ޖުލައި 3) - ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، ލުއިސް ޑިއާޒް ގަންނަން ބަޔާން މިއުނިކުން ކުރި އޮފާ ލިވަޕޫލުން އަނބުރާ ފޮނުވާލައިފި އެވެ.

ޑިއާޒް، 28، ލިވަޕޫލާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ އާއި ސައުދީ އަރަބިއްޔާގެ ބައެއް ކްލަބްތަކުން ޑިއާޒަށް ހުށަހެޅުންތަކެއް ލިބުނެވެ. އަދި، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ލިބުނު އޮފާ އެކޭ އެއްގޮތަށް، ބަޔާނުން ލިބުނު ހުށަހެޅުން ވެސް ލިވަޕޫލުން މި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ލިވަޕޫލުން ނިންމާފައިވަނީ ޑިއާޒް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ޓީމަކަށް ދޫކޮށްލުމުގެ މަޝްވަރާ އަށް ވެސް ތައްޔާރެއް ނޫން ކަމަށެވެ.

ޕޯޗުގަލްގެ ޕޯޓޯއިން ލިވަޕޫލަށް ޑިއާޒް ބަދަލުވީ 2022 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާތަނަށް ލިވަޕޫލަށް ކުޅެދިން 148 މެޗުން ޑިއާޒް ވަނީ އެ ޓީމަށް 41 ލަނޑު ޖަަހައި، 28 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޑިއާޒް ވަނީ ލިވަޕޫލާ އެކު، ޕްރިމިއާ ލީގާއި ލީގު ކަޕް ދެ ފަަހަރު އަދި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިދިިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޑިއާޒް ވަނީ 22 ގޯލު ޖަހައިފަ އެވެ. އެއީ، ލިވަޕޫލާ ގުޅުނު ފަހުން، އޭނާގެ ފަރާތުން ފެނިގެންދިޔަ ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.