Advertisement

ފައިނަލުގައި ސިފައިން ނުކުންނާނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން

2 ޖުލައި 2025 - 11:46 0

އަތޫފް އާތިފް

އަތޫފް އާތިފް


ފައިނަލުގައި ސިފައިން ނުކުންނާނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން

2 ޖުލައި 2025 - 11:46 0

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި ކްލަބް އެޗްޑީސީއާ ދެކޮޅަށް ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން ކަމަށް އެ ޓީމުގެ ކޯޗު އަބްދުالله ޖުނައިދު (މާމަ) ބުނެފި އެވެ.

އެސޯސިއޭޝަން ކަޕުގެ ފައިނަލުން ސިފައިންގެ ކްލަބް ޖާގަ ހޯދީ ސެމީ ފައިނަލުގައި ހުރާ ކޮމިއުނިޓީ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ޖުނައިދު ބުނީ މި ފަހަރުގެ މުބާރާތައް ސިފައިން ނުކުތީ ބޮޑު ގޮންޖެހުމަކާއެކުގައި ކަމަށެވެ. އެގޮތުން މި މުބާރާތަކީ ފަރިތަކުރުންތަކާ ނުލައި ނުކުތް މުބާރާތެއް ކަމަށް ޖުނައިދު ބުންޏެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުކުންނާނީ ދޭތިން އެކައްޗަށް އެޗްޑީސީ އެއް ނޫން، ސިފައިންގެ ޓީމުން ނުކުންނާނީ ސިފައިންގެ ޓީމުގެ ގޮތުގައި އިރާދަކުރެއްވިއްޔާ ތަށި ހޯދައިގެން ފައިބާން" ޖުނައިދު ބުންޏެވެ.

ޖުނައިދު ބުނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ފަރިތަކުރަން ނުލިބުމުން ބިދޭސީ ކުޅުންތެރިންނާއެކު ފަރިތަކުރަން ޖެހުނީ އައުޓްޑޯ ގައި ކަމަށެވެ.

ފައިނަލުގައި އެޗްޑީސީއާ ދެކޮޅަށް ސިފައިން ނުކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދަން ކަމަށް ޖުނައިދު ބުންޏެވެ.

ޖުނައިދު ބުނީ މި ފަހަރުގެ ސީޒަނުގެ މެޗުތައް ކައިރި ކައިރީގައި ހުރުމުން ސިފައިންގެ ޓީމުން ނުކުތީ އެކަމަށް ތައްޔާރުވެގެން ކަމަށް ޖުނައިދު ވަނީ ފާހަގަ ކޮށްފަ އެވެ.