Advertisement

ފައިނު އެކްސިޑެންޓު: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރު އަދިވެސް ވެންޓިލޭޓަރުގައި

29 ޖޫން 2025 - 08:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފައިނު އެކްސިޑެންޓު: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރު އަދިވެސް ވެންޓިލޭޓަރުގައި

29 ޖޫން 2025 - 08:55 0

ރ. ފައިނުގައި ލައިސަންސް ނެތް ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވީ ލައިސަންސް ނެތް ގްރޭޑް 10 ނިންމި ކުޑަކުއްޖެކެވެ. އޭނާ ދުއްވި ސައިކަލު ފަހަތުގައި އިނީ ގްރޭޑް ނުވައެގައި ކިޔަވަމުންދާ ކުއްޖެކެވެ. ސައިކަލު ގޮސް ޖެހުނީ ފައިނު ސްކޫލުގެ ޕްރިންސިޕަލް އަދި އިސްލާމް ޓީޗަރެއްގެ ގައިގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ 16 އަހަރުގެ ކުޑަކުއްޖާ އާއި 14 އަހަރުގެ ކުޑަކުއްޖާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދިނުމަށްފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.

ނަމަވެސް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ 49 އަހަރުގެ އިސްލާމް ޓީޗަރު ވެންޓިލޭޓަރުން އަދި ނުނަގާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ދެ ކުދިންނާއި ޓީޗަރަށް ވެސް ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ.

ފައިނު ކައުންސިލުގެ ރައީސް އަހުމަދު ރިފްޝާން ވިދާޅުވީ އެ ރަށު ސްކޫލުގެ ޕްރިންސިޕަލަށް އެކި ވަރުގެ އަނިޔާ ލިބުނުއިރު، އޭނާއަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދިނެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓު ހިނގީ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރު ކަސްރަތަށް ނިކުމެ އުޅެނިކޮށް، ދެ ކުދިން ތިބި ސައިކަލުން އައިސް އެމީހުން ގައިގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.