27 ޖޫން 2025 - 23:22 0
ލީވާން އަލީ ނާސިރު
އުރީދޫ އިން އައްޑޫ ސިޓީގައި ބޭއްވި ފަން ރަންގެ ތެރެއިން -- ފޮޓޯ: އުރީދޫ
27 ޖޫން 2025 - 23:22 0
އުރީދޫ މޯލްޑިވްސް އިން އައްޑޫސިޓީގައި ފުރަތަމަ ފަހަރަށް ބޭއްވި ފަން ރަން 3،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފި އެވެ.
އައްޑޫ ސިޓީ މަރަދޫއިން ފެށި ފަން ރަން ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނެވެ.
ރާއްޖޭގެ އެންމެ އުފާވެރި ފަސް ކިލޯ މީޓަރުގެ ދުވުން ގޮތުގައި ބާއްވާ އެ ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ.
އުރީދޫ އިން އައްޑޫ ސިޓީގައި ބޭއްވި ފަން ރަންގެ ތެރެއިން -- ފޮޓޯ: އުރީދޫ
ފަން ރަން ނިންމި ކޮންމެ ދުވުންތެރިއަކަށް ހާއްސަ މެޑަލްއެއް ދިނެވެ. އެ މެޑަލްގައި އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނި" ވަނީ ހިމަނާފަ އެވެ.
އުރީދޫ އިން ވަނީ ކާމިޔާބުކަމާއެކީ ފަން ރަން އައްޑޫ ސިޓީގައި ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލާއި، އުރީދޫގެ މުވައްޒަފުން އަދި ވޮލަންޓިއަރުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.
Comment