Advertisement

ދަރިވަރު ސަސްޕެންޑުކޮށް އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ފުރިހަމަކުރަން އަންގައިފި

about 8 hours 0

އައްޑޫ ހައި ސްކޫލް


ދަރިވަރު ސަސްޕެންޑުކޮށް އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ފުރިހަމަކުރަން އަންގައިފި

about 8 hours 0

އައްޑޫ ހައި ސްކޫލްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު އިއްޔެ ހިނގި މާރާމާރީއާ ގުޅިގެން ދަރިވަރާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ޓީޗަރާއި ދަރިވަރު މާރާމާރީ ހިންގި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ. އޭގެއިތުރުން ޓީޗަރަށް ދަރިވަރު އެކި ގޯނާތައް ކުރާ ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަރިވަރު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އޭނާއަށް ވަނީ އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ފުރިހަމަކުރަން އަންގާފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ދަރިވަރު ގައިގައި ޓީޗަރެއް އަތްލުމުން މައްސަލަ ބެލުމުގެ ގޮތުން އުސޫލުގައިވާ ގޮތުން ސަސްޕެންޑުކޮށް، އެ ޓީޗަރު މާލެ ގެނެސްފައިވާ ކަމަށެވެ.

ދަރިވަރު ގައިގައި ޓީޗަރު އަތްލި މައްސަލަ ފުލުހަށް ވެސް ވަނީ ހުށަހަޅާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ހައި ސްކޫލްގައި ޓީޗަރާއި ދަރިވަރާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް މީހުން ޓީޗަރު ގޯސްކޮށް ވާހަކަ ދައްކަމުންދާއިރު، ބައެއް މީހުން ގޯސްކުރަނީ ދަރިވަރެވެ.