Advertisement

މެލޭޝިއާގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުން އަތުން ހަ ޕަސަންޓުގެ ޓެކްސެއް ނަގަނީ

26 ޖޫން 2025 - 20:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މެލޭޝިއާގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުން އަތުން ހަ ޕަސަންޓުގެ ޓެކްސެއް ނަގަނީ

26 ޖޫން 2025 - 20:32 0

މެލޭޝިއާގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުން އަތުން ހަ ޕަސަންޓުގެ ޓެކްސްއެއް އަންނަ ޖުލައި 1، އިން ފެށިގެން ނަގަން ނިންމާފައިވާ ކަމަށް ބައިނަލްއަގުވާމީ ބައެއް ނޫސްތަކުން ބުނެފި އެވެ.

ދަ އިކޮނޮމިކް ޓައިމްސް އިން ބުނީ މެލޭޝިއާއިން ޖުލައި 1، އިން ފެށިގެން ހަ ޕަސަންޓުގެ ޓެކްސްއެއް ނަގަން ނިންމާފައި ވަނީ އެ ގައުމުގައި ޕްރައިވެޓް ޕްރީ ސްކޫލްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ލެންގުއޭޖް ސެންޓާތަކުން ކަމަށެވެ.

މެލޭޝިއާގައި އަމަލުކުރާ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ބަދަލު ގެނެސް، އެ ޓެކްސް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސީ ބޭރު ދަރިވަރުން އަތުން އަހަރެއްގެ މައްޗަށް 60،000 މެލޭޝިއާ ރިންގިޓު ނަގާ އެޑިއުކޭޝަންގެ ހިދުމަތް ދޭ ތަންތަނަށެވެ.

މި ހިނގާ ޖޫން މަހުގެ ކުރީކޮޅު މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރު ކުރަން ޓެކްސް ބޭސް ފުޅާ ކުރާނެ ކަމަށް ބުނެފަ އެވެ.

މެލޭޝިއާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަދަދު 250،000 އަށް އެރުވުމެވެ. ނަމަވެސް އެ ގައުމުން ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން އުޅުމާއެކު، އެ އަދަދު ހާސިލު ކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ކިޔަވަމުންދެ އެވެ. އެ ގައުމުން ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ދަރިވަރުންނަށް އަސަރު ކުރާނެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެކަމާ ގުޅިގެން މިހާތަނަށް ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެއްޗެއް ނުބުނެ އެވެ.