Advertisement

ފްލެޓުތަކުގެ ފެންވަރު ރަނގަޅު، އަންނަ މަހު ހަވާލުކުރަން ފަށާނެ: މުއްތޮލިބު

20 ޖޫން 2025 - 14:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފްލެޓުތަކުގެ ފެންވަރު ރަނގަޅު، އަންނަ މަހު ހަވާލުކުރަން ފަށާނެ: މުއްތޮލިބު

20 ޖޫން 2025 - 14:17 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ މަޝްރޫއުގައި ހިމެނޭ 4،000 ފްލެޓުގެ ފެންވަރު ރަނގަޅު ކަމަށާއި، ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ހަވާލު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި މުއްތަލިބު ވިދާޅުވީ "ރައްޔިތުންނަށް މި ލިބިގެންދާ ރަނގަޅު ފެންވަރެއްގައި ނިމިފައި ހުރި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ރަނގަޅު ދިރިއުޅުމެއް އުޅުމަށް އެކަށީގެންވާ ބޯހިޔާވެހިކަމެއް" ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ޖުލައި މަސް ތެރޭގައި އެގްރީމަންޓް ހެދުމުގެ މަސައްކަތާއި އަދި ތަން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް. މިއީ އެއްފަހަރާ ކުރިއަށް ގެންދެވޭ ކަމަކަށްވުރެ ބޮޑަށް މަސައްކަތް ނިމެމުންދާ ވަރަކަށް ހަވާލު ކުރަމުން ގެންދެވޭނީ."

މިހާރު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، 4،000 ފްލެޓް ހަވާލުކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު މިކުރަނީ މިހާރުގެ މަސައްކަތް ގޮސް ހުރި މިންވަރަށް ހިސާބަށް ބަލާއިރުގައި ސެޕްޓެމްބަރާގެ ނިޔަލަށް އަޅުގަނޑުމެންނަށް 4،000 ފްލެޓް ލިބޭ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލުކޮށް އެ ތަންތާގައި އެ ބޭފުޅުން ދިރިއުޅެން ފަށާނެ ކަމަށް،"

ފްލެޓްތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ވީހާ ވެސް އަވަހަށް ނިންމަން ކަނޑައަޅާފައިވާ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.