Advertisement

މެޑަމް ސާޖިދާ ޔޫއޭއީއަށް ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެންފި

20 ޖޫން 2025 - 10:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެޑަމް ސާޖިދާ ޔޫއޭއީން އެނބުރި ރާއްޖެ ވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް


މެޑަމް ސާޖިދާ ޔޫއޭއީއަށް ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެންފި

20 ޖޫން 2025 - 10:08 0

ހަތްވަނަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޔޫއޭއީގެ ދުބާއީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ބޭއްވި އެ ސަމިޓުގެ އިފްތިތާހީ ބައްދަލުވުމާއި ބައެއް ކޮމިޓީ ސެޝަންތަކުގައި ސާޖިދާ ވާހަކަ ދެއްކެވި އެވެ.

މި އަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ 14 ގައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ސަމިޓުގައި ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރެވިފައިވެ އެވެ.

މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި މެކް ފައުންޑޭޝަންގެ އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ވެސް ސާޖިދާ ބައިވެރިވަޑަައިގަތެވެ. ސާޖިދާއަކީ އެ ފައުންޑޭޝަނުން ހަމަޖައްސާފައިވާ "މޯ ދެން އަ މަދާ" އެމްބެސެޑަރެކެވެ.

އެ ރޯލަށް އެހެން ބައެއް ގައުމުތަކުގެ ފަސްޓް ލޭޑީން ވެސް އެ ފައުންޑޭޝަނުން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރޭގައި، އެންގޯލާ، ބުރުންޑީ، ބޮސްވާނާ، ކޮންގޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ގެބޯން، ގެމްބިއާ، ގާނާ، ކެންޔާ، ލައިބީރިއާ، މަލާވީ، މޮޒަމްބީކު، ނައިޖީރިއާ، ސެނަގާލް، ސިއެރަލިއޯން، ޒެމްބިއާ އަދި ޒިމްބާބުވޭގެ ފަސްޓް ލޭޑީން ހިމެނެ އެވެ.

މިއީ ދުނިޔޭގެ އެންމެ ދުވަސްވީ ކެމިކަލް އަދި ފާމަސޫޓިކަލް ކޮމްޕެނީ ކަމަށްވާ މެކް ގްރޫޕްގެ ފަރާތުން އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ފައުންޑޭޝަނެވެ. މި ފައުންޑޭޝަން އުފެއްދީ 1957 ވަނަ އަހަރު އެވެ.