Advertisement

ބަދު ބަސް ނުބުނެ، ފުރައްސާރަ ނުކޮށް ކެމްޕޭން ކުރުމަށް ސާޖިދާ ގޮވާލައްވައިފި

19 ފެބުރުވަރީ 2026 - 14:03 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ރަސްމިއްޔާތެއްގައި ސާޖިދާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ބަދު ބަސް ނުބުނެ، ފުރައްސާރަ ނުކޮށް ކެމްޕޭން ކުރުމަށް ސާޖިދާ ގޮވާލައްވައިފި

19 ފެބުރުވަރީ 2026 - 14:03 1

އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް ކެމްޕޭން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.

ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ މިފަދަ މަތިވެރި މައްސަރެއްގައި އިންތިހާބަކާ ކުރިމަތިލާއިރު، މީހުންނަށް ބަދުބަސް ބުނުމާއި ފުރައްސާރަ ކުރުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

"މިފަދަ މައްސަރަކަށް ކުރިމަތިލައިގެން ދާއިރުގައި އަޅުގަނޑުމެން އިލެކްޝަނެއްގެ ތެރޭގައި ހިނގަމުންދާއިރު، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި އެކަކު އަނެކަކަށް ފުރައްސާރަ ކުރުން، މިފަދަ ކަންކަމުން އަޅުގަނޑުމެން ރައްކާތެރިވަމާ ހިނގާށޭ. މިއީ ވެސް ކުރެވޭ އަޅުކަމެކޭ،" ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މީހުންނާ ބައްދަލުވާއިރު ނުވަތަ މީހުންނާ ކުރިމަތިލާއިރު އަދަބު އިހުތިރާމު އަދާކުރުމަކީ ވެސް ދީނީ ގޮތުން ބަލާއިރު ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އަހަރުމެންނަކީ އަހުލާގު ރަނގަޅު، މީހުންނަށް ފުރައްސާރަ ނުކުރާ ބަޔަކަށްވުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"މި ގޮތަށް އަޅުގަނޑުމެންގެ ކެމްޕޭން ވެސް ކުރިއަށް ގެންގޮސް އަޅުގަނޑުމެން މިއަދު، އަޅުގަނޑުމެން ކުރިމަތިމިލާފައިވާ ކެމްޕޭން ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން،" ސާޖިދާ ވިދާޅުވި އެވެ.

ޕީއެންސީގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ސާޖިދާ މިހެން ވިދާޅުވިއިރު، އެ ޕާޓީގެ އެކްޓިވިސްޓުން ދަނީ އިދިކޮޅު ކެންޑިޑޭޓުންނަކީ ލާދީނީ ނުވަތަ އިސްލާމް ދީނާ ދުރު ބައެއް ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފުރައްސާރަ ކުރަމުންނެވެ.