19 ޖޫން 2025 - 14:16 0
މުހައްމަދު ޝަހްޒާން
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނައިބު ރައީސް އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
19 ޖޫން 2025 - 14:16 0
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންހުއާ ރާއްޖޭގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް އާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު އޮތް ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ޗައިނާގެ ސަފީރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކޮންގް އައްޔަނު ކުރީ އެ މަގާމު ހުސްވިތާ ފަސް މަސްފަހުން މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ޗައިނާއިން ސަފީރުން އައްޔަންކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރީ އޮކްޓުބަރު 14، 1972 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment