Advertisement

އިރާންގެ ވެރިރަށުން މީހުން ފައިބަން ގޮވާލައި ޓްރަމްޕްގެ އިންޒާރެއް

17 ޖޫން 2025 - 09:02 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ތެހެރާނުން މީހުން ފައިބަން އޭނާ ގޮވައިލެއްވި -- ފޮޓޯ: ރޮއިޓާސް


އިރާންގެ ވެރިރަށުން މީހުން ފައިބަން ގޮވާލައި ޓްރަމްޕްގެ އިންޒާރެއް

17 ޖޫން 2025 - 09:02 2

އިޒްރޭލުން ހަމަލާ ދެމުން އަންނަ އިރާނުގެ ވެރިރަށް ތެހެރާނުން މީހުން ފައިބަން ގޮވާލައި، އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

މީސް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނަށް ހުށަހެޅި އެއްބަސްވުމުގައި ސޮއި ނުކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާނެ ކަމަށެވެ.

މިގޮތުން ތަކުރާރުކޮށް އިރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"އިރާނަށް ނިއުކްލިއާ ހަތިޔާރެއް ނުގުޅެންގުޅެވޭނެ. ތަކުރާރުކޮށް މިވާހަކަ ދެއްކިއްޖެ. ތެހެރާނުގައި ތިބި އެންމެން ވަގުތުން ވަގުތަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އިރާނަށް އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާ ބައިވެރިވާން ތައްޔާރުވަމުންދާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އިރާނަށް އިޒްރޭލުން ހަމަލާ ދިން ފަހުން އިރާނުން އަންނަނީ ކޮންމެ ދުވަހަކު ވެސް އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ތެހެރާނުން މީހުން ފައިބަން ޓްރަމްޕް ގޮވައިލެއްވުމާ ގުޅިގެން އޭނާއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ސެނެޓަރުން ވެސް ހިމެނެ އެވެ.

އެމެރިކާގެ ރައީސްކަމާ މިދިޔަ ޖެނުއަރީގައި ހަވާލުވި ޓްރަމްޕްގެ މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވިދާޅުވީ އޭނާ ވެރިކަމުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވާނެ ކަމަށެވެ.

މިގޮތުން ޓްރަމްޕް ވެރިކަމާ ހަވާލުވިއިރު އިޒްރޭލުން ގާޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލި އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އިޒްރޭލުން ވަނީ އަނބުރާ ހަމަލާތައް މެދުކެނޑުމެއްނެތި ދޭން ފަށައިފަ އެވެ.