Advertisement

މީޑިއާނެޓުން ގެނެސްދޭ ފީފާ ކްލަބް ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް "ސޯސަން ފިހާރަ"

15 ޖޫން 2025 - 22:49 1


މީޑިއާނެޓުން ގެނެސްދޭ ފީފާ ކްލަބް ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް "ސޯސަން ފިހާރަ"

15 ޖޫން 2025 - 22:49 1

ކްލަބް ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް، "ފީފާ ކްލަބް ވޯލްޑް ކަޕް"ގެ މީޑިއާނެޓު ކަވަރޭޖްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޯސަން ފިހާރަ ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާދީއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ.

އޭގެ ތެރޭގައި މިރޭ 00:00 ގައި އެތުލެޓިކޯ މެޑްރިޑް އަދި ޕީއެސްޖީ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުތައް ވެސް މީޑިއާނެޓުގެ ޗެނަލް އައިސް އެކްސްޓްރާއިން ވަގުތުން ބަލޭލެވޭނެ އެވެ.

މިއީ ކްލަބް ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތައް 32 އަށް އިތުރުކޮށް ބާއްވާ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މުބާރާތުގައި ވާދަކުރާނީ އެކި ސަރަހައްދުތަކުގެ ޗެމްޕިއަން ކްލަބްތަކެވެ.

މުބާރާތުގައި ވާދަކުރާ ކްލަބްތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ޗެލްސީ، ބަޔާން މިއުނިކް، ޔުވެންޓަސް އަދި ރިވާ ޕްލޭޓް ހިމެނެ އެވެ.

މީގެއިތުރުން ފުޓުބޯޅަ ލެޖެންޑް ލިއޮނެލް މެސީ ކުޅޭ އިންޓަ މިއާމީން ވެސް މުބާރާތުގައި ވާދަކުރެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޖޫން 26، ގެ ނިޔަލަށް ކުރިއަށްދާއިރު، ނޮކްއައުޓް ބުރަށްފަހު ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 13، ގައި ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ކުޅޭ ނިއު ޖޯޒީގެ މެޓްލައިފް ސްޓޭޑިއަމުގަ އެވެ.

ކްލަބް ވޯލް ޑްކަޕްގެ މެޗުތައް މީޑިއާނެޓުން ވަގުތުން ފެންނާނީ އައިސް އަލްޓްރާ އެޗްޑީ ޗެނަލުންނެވެ. މީޑިއާނެޓުން ދޫކުރާ ޕެކޭޖުތަކާއި ބެހޭ މައުލޫމާތު ހޯދުމަށް 3320800 ނަންބަރު ފޯނަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

އެ މުބާރާތާ ދިމާކޮށް ހާއްސަ ފެންޓަސީ ޗެލެންޖެއް ވެސް ވަނީ ފަށާފަ އެވެ. އެއްވަނައަށް ދާ މީހަކަށް ސޯސަން ފިހާރައިގެ ފަރާތުން ޕްލޭސްޓޭޝަން 5 ސްލިމް އެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާނެޓުން ބުނެ އެވެ. މުބާރާތުގެ ފޯރިގަދަ ސެމީ އަދި ފައިނަލް މެޗުތަކާއި ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް މީޑިއާނެޓުން ބުނެ އެވެ.