15 ޖޫން 2025 - 10:51 0
ލީވާން އަލީ ނާސިރު
އުރީދޫ އިން މީގެ ކުރިން ހުޅުމާލޭގައި ބޭއްވި ފަން ރަންގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު
15 ޖޫން 2025 - 10:51 0
އުރީދޫއިން އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ބާއްވާ ފަން ރަންގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިރޭ 23:59 ގައި ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އައްޑޫ ސިޓީ މަރަދޫގައި ޖޫން 27، ގައި ބާއްވަން ތައްޔާރުވަމުންދާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހަ އަހަރުން މަތީގެ އެންމެންނަށް ވަނީ ހުޅުވާލައިފަ އެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުން ބައިވެރިވާން މަޖާވާނެ ދުވުމެކެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އުރީދޫ ފަން ރަންގައި 6،500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
Comment