Advertisement

މެނިންގޮކޯކޮލް ބަލި ފެނުނު މީހާގެ ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، އިތުރު މީހެއްގެ ގައިން އަލާމާތެއް ނުފެނޭ

14 ޖޫން 2025 - 11:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މެނިންގޮކޯކޮލް ބަލި ފެނުނު މީހާގެ ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، އިތުރު މީހެއްގެ ގައިން އަލާމާތެއް ނުފެނޭ

14 ޖޫން 2025 - 11:47 0

ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިގެން، ކޮންޓެކްޓް ޓްރޭސިން ހެދިއިރު ބަލީގެ އަލާމާތެއް ފާހަގަވެގެން އޭގެ ތެރެއިން އެކަކު ވެސް ރިޕޯޓު ކޮށްފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މެނިންގޮކޯކޮލް ބަލި ފެނުނު މީހާގެ އިތުރުން އެހެން މީހެއް ގައިން މިހާތަނަށް އެ ބަލި ފެނިފައި ނުވާ ކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ. ކޮންޓެކްޓުވި އެކަކު ގައިން ވެސް ބަލީގެ އަލާމާތެއް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވޭ. މިހާތަނަށް އިތުރު ކޭސްއެއް ވެސް ނެތް،" އެޗްޕީއޭއިން ބުންޏެވެ.

މެނިންގޮކޯކޮލް ބަލި ފެނުނީ މެލޭޝިއާއިން ރާއްޖެ އައި 24 އަހަރުގެ ޒުވާނެއް ގައިންނެވެ. އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ޖޫން 6، ގައި ވަނީ މަރުވެފަ އެވެ.

މެނިންގޮކޯކޮލް ބައްޔަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.

މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ރާއްޖެއިން މެނިންގޮކޯކޮލް ފެނި އެކަކު މަރުވި އެވެ. އެފަހަރު ވެސް ކޮންޓެކްޓް ޓްރޭސިން ހަދައި، ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދިނެވެ.