14 ޖޫން 2025 - 11:48 0
ލީވާން އަލީ ނާސިރު
އައިޖީއެމްއެޗް: ހައްޖުން އެނބުރި އަންނަ މީހުންނަށް ހާއްސަކޮށް އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ވަނީ ހުޅުވާފައި -- ފޮޓޯ: ރައީސް އޮފީސް
14 ޖޫން 2025 - 11:48 0
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އެނބުރި އައި ހައްޖުވެރިންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ހުރިހާ އެންމެން ވެސް ފުރަތަމަ އީއާރް ޓްރައޭޖަށް ކަމަށެވެ.
ކިއުބީ ޓޯކެން ސިސްޓަމުން ފްލޫ ކްލިނިކުގެ ޓޯކެން ނަންބަރެއް ނެގުމަށްފަހު، ފްލޫކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމުން ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ފްލޫ ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 ޖެހުމާ ހަމައަށް ލިބޭނެ އެވެ.
ހައްޖުން އެނބުރި އަންނަ އެއްވެސް މީހަކު ހަން އައިސް، ރޯގާގެ އަލާމާތްތައް ފާހަގަކުރެއްވިއްޖެނަމަ، އަދި ސިއްހީ އެހީތެރިކަން ބޭނުންވާނަމަ ފްލޫ ކްލިނިކަށް ދެއްކުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރެ އެވެ.
މީގެއިތުރުން އައިޖީއެމްއެޗުން ބުނީ ޑޮކްޓަރަށް ދެއްކުމަށް ފްލޫ ކްލިނިކަށް މާސްކު އަޅައިގެން ދިޔުމަށް އެދޭ ކަމަށެވެ.
ހައްޖުގެ އަޅުކަމަށްފަހު އަންނަ މީހުން ބަލިވާތީ، މިދިޔަ އަހަރު ވެސް ހައްޖުވެރިންނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް ހުޅުވައި ހިދުމަތް ދީފައިވެ އެވެ.
Comment