Advertisement

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް ހިންގާތީ ސަމާލުވާން އެދިއްޖެ

13 ޖޫން 2025 - 13:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ އޮފީސް -- ފޮޓޯ: މިރާޝް ނާޝިމް


ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް ހިންގާތީ ސަމާލުވާން އެދިއްޖެ

13 ޖޫން 2025 - 13:27 0

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއ ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދެފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ބައެއް ފައިސާ ހޯދުމަށް އެދި އާންމުންނަށް މެސެޖުތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ދުވަހަކު ވެސް އެއްވެސް މީހަކަށް މެސެޖުކޮށް ގުޅައި އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނާންގާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކު ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެ އެވެ، އަދި މި ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖުކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނާންގާނެ އެވެ،" ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުންޏެވެ.

"މި ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ޖަމާކުރަން އަންގާނީ މި ކޯޕަރޭޝަންގެ ނަމުގައި ހެދިފައި ހުރި ރަސްމީ ބޭންކު އެކައުންޓުތަކަށެވެ،"

އޮޅުވާލައިގެން ފައިސާ ހޯދުމަށް މީހުންނަށް ފޮނުވާ ޓެކްސްޓު މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމްތަކެއް ހިންގުމަށް މަސައްކަތް ކުރަން ފަށާފައި މިވަނީ މި އަހަރުގެ ހައްޖުވެރިން ހައްޖަށް ގޮސް ތިބި ވަގުތާ ދިމާކޮށެވެ. ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ފަހަކަށް އައިސް އެ ދުވަސްވަރަކާ ގުޅުވައި ސްކޭމްތައް ހިންގުން އާންމުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.