Advertisement

ޖަލުން ކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރެވޭނެ ލިންކެއް ތައާރަފުކޮށްފި

11 ޑިސެންބަރު 2025 - 16:36 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާފުށީގައި ހުންނަ ޖަލު -- ފޮޓޯ: މެކްސިމަސް ފިލްމްސް


ޖަލުން ކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރެވޭނެ ލިންކެއް ތައާރަފުކޮށްފި

11 ޑިސެންބަރު 2025 - 16:36 2

ޖަލުތަކުގައި ތިބޭ ގައިދީން ސްކޭމް ކޯލުތައް ކުރާ ނަންބަރުތައް ރިޕޯޓު ކުރެވޭނެ ލިންކެއް ހޯމް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖަލުތަކުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅައި ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތައް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ މިފަދަ ކޯލްތައް ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ، ވީމާ ޖަލުތަކުން ކުރާ ކޯލެއްކަމަށް ޝައްކު ކުރެއްވޭނަމަ، ތިރީގައިވާ ލިންކަށް ވެންނެވުމަށްފަހު ގުޅި ނަންބަރުގެ މައުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ،" ހޯމް މިނިސްޓްރީން ކުރި އިއުލާނުގައި ބުންޏެވެ.

ހޯމް މިނިސްޓްރީން އެދިފައި ވަނީ ޖަލުން ކުރާ ސްކޭމް ކޯލްތައް http://onegove-mv/entities/MCS އަށް ރިޕޯޓު ކުރުމަށެވެ.

މި ފަހަކަށް އައިސް ސްކޭމް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސްކޭމް ކޯލްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ދޭތެރެދޭތެރެއިން ހިންގަ އެވެ.