Advertisement

ރ. އަތޮޅާއި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށަނީ

12 ޖޫން 2025 - 10:39 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާރްޓީއެލް ފެރީއެއް: އާރްޓީއެލް ފެރީގެ ހިދުމަތް ރ. އަތޮޅާއި ބ. އަތޮޅުގައި ފަށަން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އަދަދު ފައިލް


ރ. އަތޮޅާއި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށަނީ

12 ޖޫން 2025 - 10:39 1

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ރ. އަތޮޅާއި ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް މި މަހު ރ. އަތޮޅުގައި ފަށައި އަންނަ މަހުގެ ތެރޭގައި ބ. އަތޮޅުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަސް ނިމެންވާއިރަށް ރ. އަތޮޅުގައި އަޅުގަނޑުމެންނަށް އާރްޓީއެލްގެ މަސައްކަތް ފެއްޓޭނެ. ދެން ހަމަ އެއާ އެއްކޮށް ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

އާރްޓީއެލް ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުކަން ފާހަގަކުރައްވާ ސައުދީ ވިދާޅުވީ އެ އަމާޒާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ދަނީ ދެމުންނެވެ.

ސައުދީ ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު ތަރައްގީވަމުން އަންނަ މިންވަރަށް ބަލާއިރު އެމްޓީސީސީން ދޭ ބަހުގެ ހިދުމަތް ވެސް ފުޅާ ކުރަން ޖެހޭތީ، އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރަުންދާ ކަމަށެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު އަދި ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގެ ހިދުމަތް އެވްރެޖުކޮށް ކޮންމެ ދުވަހަކު 27،000 މީހުން ބޭނުންކުރެ އެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ 356 ތަރައްގީގެ މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު، އޭގެ ތެރޭގައި މި ސަރުކާރުން ވެރިކަމަށް އައިސް އެ ކުންފުންޏާ ހަވާލުކުރި 200 އެއްހާ މަޝްރޫއު ހިމެނޭ ކަމަށް ސައުދީ ވިދާޅުވި އެވެ.

މިގޮތުން ސައުދީ ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އޭގެ ތެރެއިން 56 މަޝްރޫއެއްގެ މަސައްކަތް ނިންމައި ހަވާލުކުރަން އަމާޒު ހިފާފައިވާ ކަމަށާއި މަހެއްގެ ތެރޭގައި އެވްރެޖުކޮށް ނިންމެނީ ހަ މަޝްރޫއު ކަމަށެވެ.