Advertisement

ޕެރިޓޯނިއަލް ޑަޔަލެސިސް އާއެކު ޓްރީޓޮޕުން ބަލިމީހުންނަށް މި ހޯދައިދިނީ ބޮޑު ފަސޭހައެއް

11 ޖޫން 2025 - 11:34 0


ޕެރިޓޯނިއަލް ޑަޔަލެސިސް އާއެކު ޓްރީޓޮޕުން ބަލިމީހުންނަށް މި ހޯދައިދިނީ ބޮޑު ފަސޭހައެއް

11 ޖޫން 2025 - 11:34 0

އިންސާނެއްގެ ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރުމަކީ ލޭ ސާފުކޮށް ހަށިގަނޑުގެ ތެރޭގައި އުފެދޭ އިތުރު ފްލުއިޑްތައް ބޭރު ކުރުމަށް ހުރަސް އެޅޭ ކަމެކެވެ. އޭގެ ހައްލެއްގެ ގޮތުގައި އޮންނަނީ ޑަޔަލެސިސް ހެދުމެވެ. ކިޑްނީ ޓްރާންސްޕްލާންޓަކާ ހަމައަށް ދާން ޖެހެނީ ކިޑްނީ އެއްކޮށް ފެއިލްވުމުންނެވެ. އޭގެ ކުރިން ދެ ބާވަތެއްގެ ޑަޔަލިސްސް ހެދުމުގެ ފުރުސަތު ލިބެ އެވެ.

އެއްގޮތަކީ ހީމޯޑަޔަލަސިސް އެވެ. މިއީ ހޮސްޕިޓަލަށް ގޮސްގެން ވަކި ޝެޑިއުލަކާ އެއްގޮތަށް ކުރިއަށްގެންދަން ޖެހޭ ފަރުވާއެކެވެ. ދެން އޮތީ ޕެރިޓޯނިއަލް ޑަޔަލިސިސް އެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ މިވަގުތު ރާއްޖޭގައި މި ދެ ބާވަތުގެ ޑަޔަލިސިސް ފަރުވާ ވެސް ފޯރުކޮށްދެމުންދާ ހޮސްޕިޓަލެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ޕެރިޓޯނިއަލް ޑަޔަލިސިސް ފަރުވާއަށެވެ.

ޕެރިޓޯނިއަލް ޑަޔަލިސިސްއަކީ ކޮބާ؟

ޕެރިޓޯނިއަލް ޑަޔަލިސިސް (ޕީޑީ) އަކީ ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ ހާލަތްތަކުގައި ލޭ ސާފުކުރާ ގޮތެކެވެ. ކްލިނިކަކަށް ގޮސް ލޭ ފިލްޓާ ކުރުމަށް މެޝިނެއް ބޭނުންކުރަން ޖެހޭ ހިމޯޑަޔަލިސިސް އާ ހިލާފަށް ޕެރިޓޯނިއަލް ޑަޔަލިސިސް އިން ލޭ ފިލްޓަރު ކުރަނީ އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެންނެވެ.

އިންސާނާގެ ބަނޑުތެރޭގައި ޕެރިޓޯނިއަމް ކިޔާ ނާޒުކު އަދި އެހާމެ ތުނި ޓިޝޫއެއް ހުރެ އެވެ. މި ޓިޝޫއިން ހަޖަމުކުރާ ނިޒާމުގެ ގުނަވަންތައް ވަށާލާއި، ކުދި ކުދި ލޭ ހޮޅިތައް އެކުލެވިގެންވެއެވެ. ޕެރިޓޯނިއަލް ޑަޔަލިސިސްގައި މި ޓިޝޫ އަކީ ގުދުރަތީ ފިލްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ. އެހެންކަމުން، މެޝިނެއް ބޭނުން ނުކޮށް ލޭ ފިލްޓަރު ކުރެވޭނެ އެވެ.

މަސައްކަތް ކުރަނީ ކިހިނެއް؟

"ކެތެޓާ" ނަމަކަށް ކިޔާ ސޮފްޓް ޓިއުބެއް ކުޑަ ސާޖަރީއެއް ހެދުމަށް ފަހު ބަނޑަށް ވައްދާނީ އެވެ. ޑަޔަލިސިސް ހަދަން ޖެހޭ މުއްދަތުގައި މި ޓިއުބް ހުންނަން ޖެހޭނީ ގުޅާފަ އެވެ.

މި ޓިއުބް މެދުވެރިކޮށް ޑަޔަލިސިސް ސޮލިއުޝަން ހަށިގަނޑުގެ ތެރެއަށް ފޮނުވާލަ އެވެ. ބަނޑުގައި މި ފްލުއިޑް އެތައް ގަޑިއިރެއް ވަންދެން ދެމިހުންނައިރު ޕެރިޓޯނިއަމް މެދުވެރިކޮށް ލޭގެ ތެރެއިން ކުނި، އިތުރު ފްލުއިޑް އަދި ވިހަ މާއްދާތައް ނަގާނެ އެވެ. އެއީ ޕެރިޓޯނިއަމް މަސައްކަތް ކުރާނީ ފިލްޓަރެއްގެ ގޮތުގައި ކަމަށްވާތީ އެވެ.

ބޭނުންކޮށްފައި ހުންނަ ފްލުއިޑް އިރުގަނޑެއް ފަހުން ބޭރު ކުރުމަށް ފަހު އަލުން އާ ފްލުއިޑް ހަށިގަނޑުގެ ތެރެއަށް ޓިއުބް މެދުވެރިކޮށް ފޮނުވާނެ އެވެ. މި ޕްރޮސެސްއަށް ކިޔަނީ އެކްސްޗޭންޖެވެ. ދުވާލަކު ބައިވަރު ތިން ހަތަރު ފަހަރު ފްލުއިޑް އެކްސްޗޭންޖު ކުރެވޭނެ އެވެ.

ޕެރިޓޯނިއަލް ޑައިލިސިސްގެ މައިގަނޑު ދެ ވައްތަރެއް ހުރެ އެވެ.

ކޮންޓިނިއުސް އެމްބިއުލޭޓަރީ ޕެރިޓޯނިއަލް ޑަޔަލިސިސް (ސީއޭޕީޑީ): މެޝިނެއް ބޭނުން ނުކޮށް އާންމުކޮށް ދުވާލަކު 3-5 ފަހަރު އެކްސްޗޭންޖްތައް މެނުއަލްކޮށް ކުރިއަށް ގެންދިޔުން

އޮޓޮމޭޓެޑް ޕެރިޓޯނިއަލް ޑަޔަލިސިސް (އޭޕީޑީ): މެޝިނެއް ބޭނުންކޮށްގެން އޮޓެމެޓިކްކޮށް ފްލުއިޑް އެކްސްޗޭންޖު ހިންގުން، އާންމު ރޭގަނޑުގެ ވަގުތުގައި ނިދާފައި އޮންނައިރު.

މިގޮތަށް ޑަޔަލިސިސް ހެދުމުގެ ފައިދާއަކީ ކޮބާ؟

  1. ހޯމް ބޭސްޑް ޓްރީޓްމަންޓް: ޕެރިޓޯނިއަލް ޑަޔަލިސިސްއަކީ ގޭގައި ހުރެގެން ހޯދޭނެ ފަރުވާއެކެވެ. އޭގެ ސަބަބުން ވަކި ހާއްސަ ދުވަސްތަކާއި ވަގުތުތަކުގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރަން ނުޖެހި ބަލިމީހާއަށް ގޭގެ މާހައުލުގައި ހުރެގެން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
  2. ލައިފްސްޓައިލް ފްލެކްސިބިލިޓީ: ބަލި މީހުންނަށް އެ މީހުންގެ ދުވާލުގެ ޝެޑިއުލްތަކަށް އަސަރު ނުކޮށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ސަބަބުން މަސައްކަތާއި އިޖުތިމާއީ ޒިންމާތައް އެންމެ ކުޑަ ހުރަހަކާ އެކު ދެމެހެއްޓުމުގެ ފުރުސަތު ފަހިވެ އެވެ.
  3. ރެސިޑިއުލް ކިޑްނީ ފަންކްޝަން ދިގު މުއްދަތަކަށް ދެމެހެއްޓުން: މިއީ ކިޑްނީ ކުޑަކުޑަކޮށް މަސައްކަތް ކޮށްގެން ވެސް ލޭ ސާފު ކުރުމެވެ. ހީމޯޑަޔަލަސިސް ހަދާ މީހުންނަށް ވުރެ ޕެރިޓޯނިއަލް ޑަޔަލިސިސް ހަދާ މީހުންގެ ކިޑްނީތަކުގައި މި ފަންކްޝަން ގިނަ ދުވަހު ދެމެހެއްޓެ އެވެ.
  4. ކާޑިއޯވަސްކިއުލާ ސްޓްރެއިން ދަށްކޮށްދިނުން: ހީމޯޑަޔަލިސިސްއާ ހިލާފަށް ޕެރިޓޯނިއަލް ޑަޔަލިސިސް ފްލުއިޑް ލެވެލް ހަލުވިކަމާއެކު އުފުލުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. މިކަމުގެ ސަބަބުން ހިތުގެ މައްސަލަތަކުން ދުރުކޮށްދެނެ އެވެ.
  5. އިންފެކްޝަން ގެ ނުރައްކާ ދަށްވުން: ފަރުވާގެ ދެ ގޮތްގައި ވެސް އިންފެކްޝަނަކީ ނުރައްކަލެއްގެ ގޮތުގައި ދެމިއޮތް ނަމަވެސް، ޕެރިޓޯނިއަލް ޑަޔަލިސިސް ހަދާ ބަލި މީހުންނަށް އާންމު ގޮތެއްގައި ހިމޯޑަޔަލިސިސް ހަދާ މީހުންނާ އަޅައިބަލާއިރު ލޭގެ ޒަރިއްޔާއިން ޖެހޭ އިންފެކްޝަން ޖެހުމުގެ ފުރުސަތު ކުޑަ ވެ އެވެ.

ޕެރިޓޯނިއަލް ޑަޔަލެސިސް ހެދެނީ ކޮން ބަޔަކަށް؟

ޓްރީޓޮޕްގައި ޑިސެމްބަރު 2024 އިން ފެށިގެން މި ހިދުމަތް ވަނީ ފަށާފަ އެވެ. ކިޑްނީ ފަންކްޝަން ފެއިލްވާ ބަލި މީހުންނަށް މިހާރު ހީމޯޑަޔަލަސިސް ނުވަތަ ޕެރިޓޯނިއަލް ޑަޔަލަސިސްގެ ތެރެއިން ބޭނުންވާ ފަރުވާއަކަށް ދިޔުމުގެ ފުރުސަތު ޓްރީޓޮޕުން ދޭނެ އެވެ.

ކޮންމެ މީހަކަށް މި ގޮތަށް ޑަޔަލެސިސް ނެހެދިދާނެ އެވެ. އެ ކަން ކަނޑައަޅަނީ ސިއްހަތާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ގޭގައި ފަރުވާ ބެލެހެއްޓުމުގައި ކިހާ ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭތޯ ބަލައިގެންނެވެ. ބަލިމީހުންނާ މަޝްވަރާ ކުރުމަށް ފަހު މިކަމުގައި ގޮތެއް ނިންމާނީ އެ ހޮސްޕިޓަލުގެ ކުޅަދާނަ ޑޮކްޓަރުންގެ ޓީމުންނެވެ.

ބޭނުންވަނީ ސާފުތާރިހު އެއް ކޮޓަރި އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އޭރުން ޑަޔަލިސިސް ފުރިހަމަ ކުރެވޭނެ އެވެ.