Advertisement

ލ. ގަން ކައިރިއަށް މަސް ހިފަން ގޮސް އުޅުނު މީހަކު މަރުވެއްޖެ

4 ޖޫން 2025 - 12:49 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލ. ގަން


ލ. ގަން ކައިރިއަށް މަސް ހިފަން ގޮސް އުޅުނު މީހަކު މަރުވެއްޖެ

4 ޖޫން 2025 - 12:49 1

ލ. ގަން ކައިރީ އޮންނަ ފަޅުރަށެއް ކައިރިއަށް މަސް ހިފަން ގޮސް އުޅެނިކޮށް ގެއްލުނު މީހާ މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ގަަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ އަދަދު އަށް ވިދާޅުވީ މަސް ހިފަން ގޮސް އުޅެނިކޮށް މިއަދު ހެނދުނު 09:00 ޖަހާއިކަށްހާއިރު ގެއްލުނީ ގަމަށް ނިސްބަތްވާ އަބްދުއްސަމަދު މުހައްމަދު، 65، ކަމަށެވެ.

"ގްރޫޕެއް ދިޔައީ. ހަތަރު ފަސް މީހަކު މަސް ހިފަން، ނިޔާވެފައި އޮއްވައި ފެނުނީ 10:00 އާއި 11:00 އާ ދެމެދު، 09:00 ޖެހިއިރު ގެއްލިގެން ރަށުން މީހުން ގޮސްގެން ފުލުހުންނާ ވެސް އެކުގައި ކުރި މަސައްކަތުން ފެނުނީ،" އޭނާ ވިދާޅުވި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި އަބްދުއްސަމަދުއަކީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށްފަހު، މީގެ ތިން މަހެއްހާ ދުވަސް ކުރިން ރިޓަޔާކުރި މީހެކެވެ.

އެ ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުން ބުނެފައި ވަނީ އޭނާ ގެއްލުނުކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަބްދުއްސަމަދު މަރުވިކަން ފުލުހުން އަދި ކަށަވަރުކޮށެއް ނުދެ އެވެ.

ފުލުހުން ބުނީ އަބްދުއްސަމަދު ގެއްލުނީ ލ. މަހަކަންފުށި ކައިރިއަށް މޫދަށް ފައިބާ އުޅެނިކޮށް ކަމަށެވެ.