Advertisement

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 1.3 މިލިއަން ޑޮލަރު ދީފި

3 ޖޫން 2025 - 19:43 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 1.3 މިލިއަން ޑޮލަރު ދީފި

3 ޖޫން 2025 - 19:43 1

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 1.3 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯ އެވެ.

އެ އެއްބަސްވުމުގެ ދަށުން ޖޭޑީއެސް އިން ރާއްޖެއަށް މި އަހަރު ހަ ސްކޮލަޝިޕް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ޖަޕާނު ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެ އެހީގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީ ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ލިބެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕް ޕްރޮގްރާމުގެ މަގްސަދަކީ މުސްތަގުބަލުގައި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން އަބަދުވެސް އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކޮށްލެވެ އެވެ.