Advertisement

އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި

3 ޖޫން 2025 - 18:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި

3 ޖޫން 2025 - 18:50 0

ކުރިއަށް އޮތް އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް ތައާރަފުކޮށްފި އެވެ.

މިފަހަރުގެ އީދަށް އުރީދޫއިން އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.

މިގޮތުން ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް އެކި އޮފާތައް އުރީދޫއިން ވަނީ ތައާރަފްކޮށްފަ އެވެ.

އީދަށް އުރީދޫއިން ތައާރަފްކުރި އޮފާތައް:

  • ހިލޭ ޓިކްޓޮކް: އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާ
  • ސުޕަނެޓް ގޭމާ 100 އެޑް-އޮން: ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސް ސްޕީޑް ބޫސްޓާއެއް. 100 އެމްބީޕީއެސް ސްޕީޑް، ތިން ގަޑިއިރަށް އެންމެ 50ރ. އަށް.
  • ވެލިއު ޑެއިލީ ޕެކް: އެއް ދުވަހަށް 125 ޖީބީ ޑޭޓާ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގޭނެ. މިގޮތުން އެއް ދުވަހަށް 125 ޖީބީ ލިބޭ އެ ޕެކް ގެ އަގަކީ 75ރ.
  • ވެލިއު ޝެއާ ޕެކް - 100 ޖީބީ: މިއީ ޖުމްލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެއް. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީ.
  • މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ: މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 ޕަސަންޓް ބޯނަސް ޑޭޓާ ލިބިގެންދާނެ. ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750.
  • އާޗާ ޕްލޭންއަށް އީދު ހަދިޔާ: އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބޭނެ.

އުރީދޫ އިން ބުނީ އީދަށް ހާއްސަކޮށް އެ ކުންފުނިން ތައާރަފްކުރި އޮފާތައް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.

އަޟްހާ އީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި ކަސްޓަމަރުން ޝައުގުވެރިވާފަދަ ހާއްސަ އޮފާތައް އުރީދޫއިން އަބަދުވެސް ތައާރަފްކުރެ އެވެ.