Advertisement

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 17 ގައި ބާއްވަނީ

3 ޖޫން 2025 - 10:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޓީސީސީގެ ޓަވަރު: އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ މި ހިނގާ ޖޫން މަހުގެ 17، ގައި ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 17 ގައި ބާއްވަނީ

3 ޖޫން 2025 - 10:46 0

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޖޫން 17، ވާ އަންގާރަ ދުވަހު ރޭ 20:30 ބާއްވަން ނިންމައި، ހިއްސާދާރުންނަށް ފަހި ވޯޓު މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގައި ބާއްވަން ނިންމާފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އޭޕްރިލް 27، ގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ހިއްސާދާރުން ޖޫން 15، ގެ 20:30 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީގެ އިއުލާނުގައި ބުންޏެވެ.

އެގޮތުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް , އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި 4:00 އާ ދެމެދު އެމްޓިސީސީގެ ޓަވަރުގެ ކައުންޓަރަށް ފޯމު ހުށަހަޅައިގެން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އަހަރީ އާންމު ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސްކުރުމާއި، 2024 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި ފައިދާގެ އިތުރުން ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރާނެ އެވެ.

މީގެއިތުރުން 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކޮށް، 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓާ ހޮވައި އެ ފަރާތުގެ އުޖޫރަ ކަނޑައެޅުން ވެސް އަހަރީ އާންމު ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.