Advertisement

ކުޅިވަރާ ގުޅޭ 11 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

17 އޮކްޓޯބަރު 2025 - 17:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: އެމްޓީސީސީ


ކުޅިވަރާ ގުޅޭ 11 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

17 އޮކްޓޯބަރު 2025 - 17:57 0

ތިން އަތޮޅެއްގެ 10 ރަށެއްގައި ކުޅިވަރާ ގުޅޭ 11 މަޝްރޫއުއެއް ހިންގަން ސަރުކާރުން، ދައުލަތުގެ ކުންފުނި އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މި 11 މަޝްރޫއުގެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މުހައްމަދު ފައްޔާޒު، ހުސެއިން ނިހާދު އަދި އަސްލަމް ރަހާ އެވެ.

އެމްޓީސީސީ އާއި ހަވާލުކުރި މަޝްރޫއުތައް

  • ލ. ފޮނަދޫގައި ފުޓްސަލް ދަނޑެއް އެޅުން
  • ލ. ހިތަދޫގައި އައުޓް ޑޯ ވޮލީ ކޯޓެއް އެޅުން
  • ލ. މާވަށުގައި އައުޓް ޑޯ ވޮލީ ކޯޓެއް އެޅުން
  • ހއ. ވަށަފަރުގައި އައްޓް ޑޯ ވޮލީ ކޯޓެއް އެޅުން
  • ލ. މާވަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން
  • ކ. މާފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން
  • ކ. ދިއްފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން
  • ކ. ގުޅީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން
  • ކ. ތުލުސްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން
  • ކ. ހިންމަފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން
  • ކ. ހުރާގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީ އާއި އެމްޓީސީސީގެ ވެރިންގެ އިތުރުން މަޝްރޫއުތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ސަރުކާރުގެ ކުންފުނިތަކާއި ދަނީ ހަވާލު ކުރަމުންނެވެ. އެގޮތުން ގިނަ ރަށްރަށުގެ ބިން ހިއްކުން އެއާޕޯޓު ކުންފުނި، އެމްއޭސީއެލްއާ ހަވާލުކުރުން ހިމެނެ އެވެ.