Advertisement

ޔަމާލްގެ ކޮންޓްރެކްޓް ގަންނަން ދެން 1.7 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ

28 މޭ 2025 - 12:22 0


ޔަމާލްގެ ކޮންޓްރެކްޓް ގަންނަން ދެން 1.7 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ

28 މޭ 2025 - 12:22 0

ބާސެލޯނާ (މެއި 28) - ބާސެލޯނާގެ ތަރި، ލަމީން ޔަމާލް، އެ ކްލަބާ އެކު، ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ ކޮންޓްރެކްޓް އުވާލަން ނޫނީ ގަންނަން ދައްކަން ޖެހޭ ފީގެ ގޮތުގައި، 1.7 ބިލިއަން ޑޮލަރު ހިމަނައިފި އެވެ.

އުމުރުން 17 އަހަރުގެ ޔަމާލަކީ، މި ސީޒަނުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި ޓީމުގައި ތަފާތު ދައްކައިފަ އެވެ.

ޕީއެސްޖީން ޔަމާލްގެ ސޮއި ހޯދަން މަސައްކަތް ކުރާ ކަމަށް މީޑިއާގައި އަޑުފެތުރުނުއިރު، ބާސެލޯނާ އިން މިހާރު މި ވަނީ، ޔަމާލްގެ އެއްބަސްވުން، 2031 ވަނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެެވެ.

އުމުރުން 15 އަހަރުގައި ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން އެރި ޔަމާލް، މި ކޮންޓްރެކްޓާ އެކު، ސީޒަނެއްގައި 20 މިލިއަން ޑޮލަރާ އެއްވަރުގެ އާމްދަނީއެއް ހޯދޭނެ އެވެ. އަދި، ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދައިފިނަމަ، ހާއްސަ ބޯނަހެއް ދޭ ގޮތަށް ވަނީ ހިމަަނައިފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔަމާލްގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަނުވަނިސް ޓީމަކުން އޭނާ ގަންނަން ބޭނުންވެއްޖެނަމަ، ބާސެލޯނާއާ އެކު އޮތް އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީގެ ގޮތުގައި ވަނީ 1.7 ބިލިއަން ޑޮލަރު ހިމަނައިފަ އެެވެ. މިއީ، ފުޓްބޯޅަ ކުޅުންތެރިއަކު މިހާތަނަށް ސޮއިކުރި މި ފަދަ އެންމެ އަގުބޮޑު ކޮންޓްރެކްޓެވެ.

ސްޕެއިނާ އެކު، ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޔަމާލް، މި ނިމުނު ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވަނީ 55 މެޗު ކުޅެ، 18 ގޯލު ޖަހައި، 25 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔަމާލްގެ އިތުރުން ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް އާއި ބްރެޒިލް ތަރި، ރަފީނިއާގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ރަފީނިއާ ސޮއިކުރީ، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި، ފްލިކް، އެއްބަސްވުން ހެދީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ.