Advertisement

ޑިފެންސް މިނިސްޓްރީއަށް ދެ ޖެޓްސްކީ ހޯދަން އިއުލާނުކޮށްފި

27 މޭ 2025 - 20:22 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު: ޑިފެންސް މިނިސްޓްރީން މިއަދު ވަނީ ދެ ޖެޓްސްކީ ގަންނަން އިއުލާނުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް


ޑިފެންސް މިނިސްޓްރީއަށް ދެ ޖެޓްސްކީ ހޯދަން އިއުލާނުކޮށްފި

27 މޭ 2025 - 20:22 2

ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ދެ ޖެޓްސްކީ ހޯދަން އިއުލާނުކޮށްފި އެވެ.

މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީން ބުނެފައިވަނީ ހޯދަމުން ދަނީ މުޅިން އައު، ކޮލިޓީ ރަނގަޅު ދެ ޖެޓްސްކީ ކަމަށެވެ. މި ތަކެތި ސަޕްލައި ކޮށްދޭން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޖޫން 4، ގެ މެންދުރު 1:00 ގައި ޑިފެންސް މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ތަކެތި ހޯދާ ސަބަބެއް ޑިފެންސުން ބުނެފައި ނުވާއިރު، މީގެ އިތުރުން ވެސް އެ މިނިސްޓްރީން މިއަދު ވަނީ ގިނަ އަދަދެއްގެ ތަކެތި ހޯދުމަށް ތަފާތު އެކި އިއުލާން ގެޒެޓުކޮށްފަ އެވެ.

ޑިފެންސުން ހޯދަން އިއުލާން ކޮށްފައިވާ ތަކެތި:

  • އިންޓަރެކްޓިވް ސްމާޓް ބޯޑަކާއި ސައުންޑް ސިސްޓަމެއް
  • 10 ސައިކަލު
  • ޓީވީ ތަކެއް (ވަކި އަދަދެއް ބުނެފައެއް ނުވޭ)
  • 25 ލެޕްޓޮޕް
  • ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ރާޑަރު ސިސްޓަމްތަކަކާއި އެކްސަސަރީސް
  • ލައިފްޖެކެޓު

ސިފައިންގޭގެ ފަޔާ އެންޑް ރެސްކިއު އާއި ކޯސްޓު ގާޑު ކުރިއެރުވުމަށް މި ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ޖެޓްސްކީތައް ހޯދަނީ ކޯސްޓުގާޑަށް ކަމަށްވުން އެކަށީގެންވެ އެވެ.

އެމްއެންޑީއެފްއަށް މި ފަހުން ވަނީ އަސްކަރީ ވެހިކަލްތަކެއް ވެސް ގެނެސްފަ އެވެ. އެއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާ އަސްކަރީ އުޅަނދުތަކެކެވެ. މިއީ ޔޫއޭއީގެ އެޖް ގްރޫޕް އިން އުފައްދާ 'އަޖްބާން' ސީރީސްގެ ވެހިކަލްތައް ގެންނަން 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބެލެވެ އެވެ.

މާލީ އަދި އިޖުތިމާއީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މި ހަރަދުތައް ކުރާތީ ގިނަ ބަޔަކު ދަނީ ރައީސް އާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް، ރައީސް ވަނީ އަސްކަރިއްޔާ ވަރުގަދަކުރާތީ ފާޑުކިޔާ މަލާމާތް ކުރަނީ ގައުމު ދެކެ ލޯބިނުވާ ބައެއް ކަމަށް ވިދާޅުވެފަ އެވެ.