Advertisement

ރެއާލުގެ ރޮޑްރީގޯ ހޯދުމުގެ ރޭހަށް އެތުލެޓިކޯ ވަދެއްޖެ

24 މޭ 2025 - 09:29 0


ރެއާލުގެ ރޮޑްރީގޯ ހޯދުމުގެ ރޭހަށް އެތުލެޓިކޯ ވަދެއްޖެ

24 މޭ 2025 - 09:29 0

މެޑްރިޑް (މެއި 24) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޓޭކަރު، ރޮޑްރީގޯގެ ސޮއި ހޯދުމުގެ ރޭހަށް އެތުލެޓިކޯ މެޑްރިޑުން ވެސް ވަދެފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރެއާލުން މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ވިއްކާލާނެ ކުުޅުންތެރިންގެ ލިސްޓުގައި ރޮޑްރީގޯ ހިމެނެ އެވެ.

އެ ގޮތުން، 70 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން ބިޑެއް ލިިބިއްޖެނަމަ، ރޮޑްރީގޯ، 24، ދޫކޮށްލަން ރެއާލުން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެންމެ ފުރަތަމަ ރެއާލުން ރޮޑްރީގޯގެ އަގު ކަނޑައެޅީ 100 މިލިއަން ޑޮލަރަށެެވެ. އެކަމަކު، އެ ވަރުގެ ބިޑެއް އައުމުގެ ފުރުސަތު ކުޑަވުމުން އަގުކުޑަކުރީ އެވެ.

އިޓަލީގެ ކްލަބްތަކުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ، ރޮޑްރީގޯ ގެންދަން، އެތުލެޓިކޯ އިން މަސައްކަތް ފެށީ، އެ ޓީމުގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީގެ އެދުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިމިއޯނީގެ ވިސްނުމަކީ، އެތުލެޓިކޯގައި ހުރި، އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް އާއި ރޮޑްރީގޯ އަކީ އެތުލެޓިކޯގެ ފޯވާޑް ލައިނުގެ ޕާޓްނަޝިޕަށް ހަދައިގެން އަންނަ ސީޒަނުގައި ނުކުތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރޮޑްރީގޯ، މި ވަގުތު ރެއާލާ އެކު، ހަދާފައިވާ އެއްބަސްވުން އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބްރެޒިލްގެ ސަންޓޯސް އިން 2019 ވަނަ އަހަރު ރޮޑްރީގޯ، ރެއާލަށް ބަދަލުވީ، ޖުމްލަ އެކު، 40 މިލިއަން ޑޮލަރު ދައްކަން ޖެހުނު ޑީލެއްގެ ދަށުންނެވެ. ރޮޑްރީގޯ ވަނީ ރެއާލަށް ކުޅެދިން 267 މެޗުން، 68 ލަނޑު ޖަހައި، 50 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.