22 މޭ 2025 - 20:14 0
މުހައްމަދު ޝަހްޒާން
ޗައިނާ ސަރުކާރުން އަޅައިދޭ ކައުންސިލްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
22 މޭ 2025 - 20:14 0
ރާއްޖޭގެ 50 ރަށެއްގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅައިދޭން ނިންމާފައިވާ ކައުންސިލް އިމާރާތްތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޒިއަންހުއާ އެވެ.
އެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފްގެ އިތުރުން ޗައިނާ ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ބާވަތެއްގެ ކައުންސިލް އިމާރާތް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެއް ބާވަތުގެ 30 ކައުންސިލާއި އަނެއް ބާވަތުގެ 20 ކައުންސިލް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް އޭގެ ތަފުސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅިގެން ޗައިނާ ސަފީރު، ކޮންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދިން ކަމެއް ކަމަށާއި އެ މަޝްރޫއު ހިންގުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ޓެސްޓު ހަދާ ޓީމު ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
Comment