Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭސާސް އެމްވީގެ ކުޑަކުދިންގެ އެތުލެޓިކްސް ހަރަކާތަށް އެހީތެރިކަން

21 މޭ 2025 - 11:46 0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރިސެޕްޝަން ސަރަހައްދު: ރާއްޖޭގައި ހުރި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ތަނަކީ ޓްރީ ޓޮޕް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭސާސް އެމްވީގެ ކުޑަކުދިންގެ އެތުލެޓިކްސް ހަރަކާތަށް އެހީތެރިކަން

21 މޭ 2025 - 11:46 0

"ކިޑްސް އެތްލެޓިކްސް ޑޭ" އާއި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން "ރޭސާސް އެމްވީ" އިން ބޭއްވި "ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ" ހަރަކާތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މެޑިކަލް ޕާޓްނަރެއްގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ގުޅިގެން ރޭސާސް އެމްވީއިން އިންތިޒާމްކުރި މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މެއި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން، މީގެ ކުރިން އޫރީދޫ ފަން ރަން، ދިރާގު ރޯޑް ރޭސް، މޯލްޑިވްސް ހާފް މެރަތަން އަދި އެހެނިހެން ގިނަ ހަރަކާތްތަކުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭއްވޭ މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަރުހަބާ ކިޔަ އެވެ. އަދި އެއާއެކު ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގަސްތުކުރާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީ އިން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެ، ހިލޭ ދަތުގެ ސްކްރީނިން ހިދުމަތް ފޯރުކޮށްދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ ގިނަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ މުޖުތަމުއުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ސިއްހީ ގޮތުން ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމުގެ ވިސްނުމުގަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.