Advertisement

އެލައިޑަށް 40 އަހަރު ފުރުން ފާހަގަކޮށް، އަޔާދީ ތަކާފުލް، އެލައިޑް ތަކާފުލްއަށް ރީބްރޭންޑުކޮށްފި

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން ލުވެއިޒް: އެލައިޑަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް -- ފޮޓޯ: އެލައިޑް އިންޝުއަރެންސް


އެލައިޑަށް 40 އަހަރު ފުރުން ފާހަގަކޮށް، އަޔާދީ ތަކާފުލް، އެލައިޑް ތަކާފުލްއަށް ރީބްރޭންޑުކޮށްފި

އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ އިވެންޓެއް ބާއްވައި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް، އެލައިޑް ތަކާފުލްއަށް ރީބްރޭންޑްކޮށްފި އެވެ.

"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި ޖެން ހޮޓެލްގައި އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި އެވެ. އެ އިވެންޓު ހާއްސަކުރީ އެލައިޑުގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުމަށެވެ. 

އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް އެ އިވެންޓުގެ ތެރެއިން ކަސްޓަމަރުންނާ ހިއްސާކުރި އެވެ. އޭގެ ތެރޭގައި ކްރިޓިކަލް އިލްނެސް ކަވާ، ސައިބާ އިންޝުއަރަންސް ކަވާ އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވާ ހިމެނެ އެވެ.

އެލައިޑުން ބުނީ އެ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މި ޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ބުންޏެވެ.

އިއްޔެގެ އިވެންޓްގައި އެލައިޑުން ވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ރީބްރޭންޑްކޮށް "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށްފަ އެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މި ގޮތްޕަށް މި އަހަރު ވަނީ 11 އަހަރު ފުރިފަ އެވެ. 

ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ އިވެންޓްގައި އެލައިޑުން ވަނީ މި އިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފަ އެވެ. 150،000ރ. ގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މި ޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

އެލައިޑު އިވެންޓްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރިތިން ފަރާތަކަށް އެލައިޑުން ވަނީ އެއް އަހަރުގެ ދުވަހުގެ ވާލްޑްވައިޑް ޓްރެވަލް ޕްލޭނެއް (ޔޫއެސްއޭ އާއި ކެނެޑާ ނުހިމެނޭގޮތަށް) ވެސް ހަދިޔާކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ސިއްހީ ފަރުވާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބޭނެ އެވެ.