އަމާނާތަކާފުލްގެ ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލް އިން ހައްޖު އަދި އުމްރާގެ މާތް އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަ ކޮށްދިނުމަށް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
އަމާނާތަކާފުލް އިން ބުނީ، ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލްގެ ޕެކޭޖް 359 ރުފިޔާއަށް ނެގޭއިރު، މި ޕެކޭޖަކީ ހައްޖު އަދި އުމްރާ ކުރަން ދަތުރު ކުރާ ފަރާތްތަކަށް ދިމާވެދާނެ ތަކުލީފަކުން ކުރިމަތިވެދާނެ މާލީ ގެއްލުން ކުޑަ ކޮށްދިނުމަށް އެހީތެރިވުމަށް ތައާރަފްކުރި ޕެކޭޖެއް ކަމަށެވެ.
މިތަކާފުލްގެ ޕެކޭޖުން ކަވަރު ކުރާ އަށް ބައި:
- ބޭސްފަރުވާގެ ހަރަދުތައް: މި ބައިގެ ދަށުން އެމާޖެންސީ ހާލަތުގައި ބޭސްފަރުވާގެ ހަރަދުތަކާއި، ރޫމު ޗާޖާއި، އިންޓެސިވް ކެއާ ޔުނިޓާއި، ސާޖިކަލް ޓްރީޓްމަންޓާއި، އެނެސްތެޓިކް ސާވިސް އާއި، ފިޒިޝަނަށް ޒިޔާރަތް ކުރުމާއި، ޑައިގްނޯސްޓިކް ނުވަތަ ޕްރީ އެޑްމިޝަން ޓެސްޓިންގާއި، އެމްބިއުލާންސްގެ ހިދުމަތްތަކާއި، އައުޓް ޕޭޝަންޓް ފަރުވާ އާއި، ކުއްލި ދަތުގެ ފަރުވާއަށް ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
- އެކްސިޑެންޓެއްގައި އަޅުކަން އަދާ ކުރާ ފަރާތް ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމެއް ކުރިމަތިވުން – ތިން ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
- ދަތުރު ކެންސަލްވުން ނުވަތަ ކާޓެއިލްމަންޓް – ދިމާވާ ހާލަތެއްގެ ސަބަބުން ކޮންމެހެން ދަތުރު ކެންސަލްކޮށްލައި ފައިސާ ދައްކަން ޖެހުން، ނުވަތަ ފައިސާ ދައްކަން ކޮންޓްރެކްޓް ކޮށްފައިވާ ހަރަދުތަކުގެ ބަދަލު ދިނުމަށް 20،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.

- ޕާސްޕޯޓް ގެއްލުން – ގެއްލިފައިވާ ޕާސްޕޯޓެއް ބަދަލު ކުރުމަށް ދަތުރުގައި ކުރާ އިތުރު ހަރަދުތައް ކަވަރު ކުރުމަށް 3،000 ރުފިޔާ ލިބޭ.
- ފްލައިޓަށް އެރުވި ދަބަސްތައް ގެއްލުން – 10،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
- ފްލައިޓަށް އެރުވި ދަބަސް ލިބުނު ލަސްވުން – 2،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
- ދަތުރު ކުރަމުންދިޔަ ފްލައިޓް ހައިޖެކް ކުރުން – 15،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
- ޕާސަނަލް ލައިބިލިޓީ – ގާނޫނީ ގޮތުން ޒިންމާވާ ހާލަތެއްގައި ތިންވަނަ ފަރާތެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ފޯރުކޮށްދިނުމަށް 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލްގެ ޕެކޭޖްތައް ލިބެނީ 30 ދުވަހަށް ކަމަށާއި، ޕެކޭޖަށް އެޕްލައި ކުރުމަށް އޮންލައިންކޮށް އަމާނަ ތަކަފުލްގެ ވެބްސައިޓް https://takaful.mv އޮންލައިން ކޮށް ބައްލަވައި ގަނެވޭނެ އަދި ޕްރޮޕޯސަލް ފޯމާއި ޕާސްޕޯޓް ކޮޕީ އަމާނާތަކާފުލްގެ އޮފީސް، ހ.ޕަލްމޭރާ، ސޯސަންމަގަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
Comment