Advertisement

ރަޝިއާއިން އެމްނެސްޓީ އިންޓަނޭޝަނަލް ބޭންކޮށްފި

20 މޭ 2025 - 10:56 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރަޝިއާއިން އެމްނެސްޓީ އިންޓަނޭޝަނަލް ބޭންކޮށްފި

20 މޭ 2025 - 10:56 0

އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެ ޖަމާއަތުގެ ހުރިހާ ހަރަކާތެއް ރަޝިއާގައި ބޭންކޮށްފައިވާކަން އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ހާމަކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި މައި މަރުކަޒު ހުންނަ އެމްނެސްޓީ އުފެދުނީ 1961 ވަނަ އަހަރު އެވެ. އެ ޖަމާއަތަކީ އިންސާނީ ހައްގުތަކުގެ ދިފާއުގައި ބައިނަލްއަގުވާމީ ގޮތުން ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ޖަމާއަތެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ރަޝިއާގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ އެމްނެސްޓީގެ ލަންޑަން އޮފީހަކީ ރަޝިއާއާ ދެކޮޅަށް ބޮޑެތި ކެމްޕޭނުތައް ބައިނަލްއަގުވާމީ ދުނިޔޭގައި ހިންގަމުންދާ އޮފީހެއް ކަމަށެވެ. އަދި ޔޫކްރެއިނާ އެއްކޮޅަށް ވަކާލާތު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ ގައުމުން ދޭތެރެދޭތެރެއިން މިފަދަ ޖަމާއަތްތައް ބޭންކުރެ އެވެ. މިފަދަ ޖަމާއަތަކާ ގުޅިގެން މަސައްކަތް ކުރާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގައި އިއްވަ އެވެ.

އެމްނެސްޓީއިން މިކަމުގައި މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.