19 މޭ 2025 - 11:45 0
މުހައްމަދު ޝަހްޒާން
އިއްޔެ ގެނބުނު މީހާ ސަލާމަތް ކުރި މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ: ސޯޝަލްމީޑިއާ
19 މޭ 2025 - 11:45 0
މާލެ ނޯތު ހާބަރާ ދިމާލު ބޭރުން އިއްޔެ ގެނބުނު މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
އިއްޔެ މެންދުރެއްހާއިރު ގެނބުނު އެ މީހާ ސަލާމަތްކުރީ ސާފިން ޗެމްޕިއަން، އަބްދުالله އާރިފް (ފުކޫ) އެވެ. ގެނބުނު މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގެނބެމުންދިޔަ އެ މީހާ ސަލާމަތް ކޮށްދިނުމުން ގިނަ ބަޔަކު ދަނީ ފުކޫއަށް ޝުކުރު އަދާކޮށް ތައުރީފު ކުރަމުންނެވެ. ގެނބެމުންދިޔަ މީހާގެ މައުލޫމާތެއް އަދި ނޭނގެ އެވެ. ނަމަވެސް އެއީ 44 ދިވެހި ފިރިހެނެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ގެނބުނު މީހާ ސަލާމަތް ކުރާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ މީހާ ގެނބުނު ހާދިސާއާ ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އޭނާ ގެނބުނު ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދެއް ނޫނެވެ.
Comment