Advertisement

އިންފްލުއެންޒާ އާއި ޑެންގީ ގަދައަށް އެބަ ފެތުރޭ: ފައިސަލް

24 ނޮވެންބަރު 2025 - 22:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމް


އިންފްލުއެންޒާ އާއި ޑެންގީ ގަދައަށް އެބަ ފެތުރޭ: ފައިސަލް

24 ނޮވެންބަރު 2025 - 22:54 0

މާލޭގައި އިންފްލުއެންޒާ އަދި މާލެ އަތޮޅުގެ ދެ ރަށެއްގައި ޑެންގީ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށް ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިރޭ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ "މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް އެބައުޅޭ،" ކަމަށެވެ.

"‏ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭވަރުވެސްވޭ،" އޭނާ ވިދާޅުވި އެވެ.

އިންފްލެއެންޒާއިން ރައްކާތެރިވުމަށްޓަކައި ވެކިސިން ޖެހުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ކާފު އަތޮޅުގައި ޑެންގީ ވަރަށް ގިނަވެެއްޖެ ކަމަށާއި، ހާއްސަކޮށް ހިންމަފުށްޓާއި މާފުށީގައި ޑެންގީގެ ކޭސްތައް ގިނަ އުޅޭ އޭނާ ބުންޏެވެ.

އިންފްލެއެންޒާގައި އެންމެ ނުރައްކާތެރި ވަނީ ކުޑަކުދިންނާއި މުސްކުޅިން، އަދި މާބަންޑު އަންހެނުންނެވެ.

އިންފްލުއެންޒާ އަލާމާތްތަކުގެ ތެރޭގައި؛ ހުން ގަދަވުން، ބޮލުގައި ރިއްސުން، ހަށިގަނޑާއި މަސްތަކުގައި ރިއްސުން، ކަރުގައި ރިއްސުން، ކެއްސުން، ނޭފަތް ހިރުވުމާއި، ބެދުން އަދި ވަރުބަލިވުން ހިމެނޭ ކަމަށް ސިއްހީ މާހިރު ބުންޏެވެ.

މި ރޯގާ ޖެހިފައިވާ މީހަކު ނޭވާލާން އުނދަގޫވުމާއި، ހަށިގަނޑުގައި ވަރަށް ބޮޑަށް ރިއްސުން ނުވަތަ ފައިގައި ރިއްސުމުގެ ސަބަބުން ހިނގާބިނގާވެ އުޅެން އުނދަގޫވުން، ހުން ގަދަވުން، ކަރު ހިއްކުން، މޭގައި ރިއްސުން ހިމެނެ އެވެ.

މިއީ ގައިންގަޔަށް އަރާ ރޯގާ އެކެވެ.

އީޑީސް މަދިރިން ޖެހޭ ޑެންގީގެ އެންމެ ފުރަތަމަ އަލާމާތަކީ ވައިރަލް ހުމެކެވެ. މިއީ ގިނަ މީހުންނަށް ޑެންގީއާމެދު ފަރުވާ ކުޑަ ކުރެވޭ އެއް ސަބަބެވެ. ނަމަވެސް ގަދައަށް ހުން އައުމާއެކު ޑެންގީގެ އިތުރު އަލަމާތްތައް ފެންނަ ނަމަ، ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމަށް ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ.