Advertisement

24 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ބަލަނީ

18 ނޮވެންބަރު 2025 - 10:20 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖިންސީ ގޯނާކުރުމާއި ރޭޕް ކުރުމުގެ އިތުރުން ގެވެށި އަނިޔާއަ ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން


24 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ބަލަނީ

18 ނޮވެންބަރު 2025 - 10:20 2

ފުލުހުންގެ އެހީތެރިކަމަށް އެދިގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ދީފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެގެން އެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނީ ހަމަ އެ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދެވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު އަންހެން މީހާއަށް ބޭނުންވާ ސިއްހީ ފަރުވާގެ އިތުރުން ސައިކޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އޭގެއިތުރުން އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.