Advertisement

ފަނޑިޔާރަކަށް ހަމަލާދީ މާރާމާރީ ހިންގި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭގައި ހުންނަ ދިވެހިރާއްޖެގެ ކްރިމިނަލް ކޯޓު -- ފޮޓޯ: އަދަދު


ފަނޑިޔާރަކަށް ހަމަލާދީ މާރާމާރީ ހިންގި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފަނޑިޔާރަކަށް ހަމަލާދީ މާރާމާރީ ހިންގި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފަނޑިޔާރަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ގާސިމް ހަސަން، 49، ނެދުންގެ، ރ. އިނގުރައިދޫ، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ފުރަތަމަ ހާޒިރު ކުރުމުން އަމުރު ކުރީ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވުމުން، އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އިތުރު 16 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނީ ގާސިމްއަކީ މާރާމާރީގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި މިއީ އެ ފަނޑިޔާރަށް ހަމަލާދީ އޭނާ މާރާމާރީ ހިންގި ދެވަނަ ފަހަރު ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޓެއްގެ ކޮން ފަނޑިޔާރެއްކަން ކޯޓު އަމުރުގައި ބުނެފައެއް ނުވެ އެވެ.