Advertisement

ނައިބު ރައީސް ހުސެއިން ހަވާއީ އަށް ފުރާވަޑައިގެންފި

16 މޭ 2025 - 00:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނައިބު ރައީސް ހުސެއިން ހަވާއީއަށް ފުރާވަޑައިގަންނަވަން މިރޭ އެއާޕޯޓުގައި ---- ފޮޓޯ: ރައީސް އޮފީސް


ނައިބު ރައީސް ހުސެއިން ހަވާއީ އަށް ފުރާވަޑައިގެންފި

16 މޭ 2025 - 00:25 0

ރަސްމީ ދަތުރެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިރޭ ހަވާއީ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ހަވާއީ ވަޑައިގަންނަވަނީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ކަމަށެވެ. ބްލޫ ޕްލެނެޓް އެލަޔަންސަކީ މޫސުމީ ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

މި ދަތުރުގައި ރާއްޖެއިން ރަސްމީކޮށް އެ ޖަމިއްޔާގައި ބައިވެރިވާނެ އެވެ. އަދި، މި މަހުގެ 18 އިން 23 އަށް ހަވާއީގެ ހޮނޮލުލޫގައި ކުރިއަށްދާ ފެލޯޝިޕް ޕްރޮގްރާމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން ހާއްސަ މެހެމާނެއްގެ ގޮތުގައި ވާހަކަދައްކަވާނެ އެވެ.

މި ފެލޯޝިޕް ޕްރޮގްރާމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުގަތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

އެ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން މި ޕްރޮގްރާމުގައި ބައިވެރިވާނެ އެވެ.