މަޝްހޫރު އެމްއެންޑްއެމްސް (M&M’s) ގެ އާ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
އެމްއެންޑްއެމްސް އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، ވީބީ ބްރަދާސް ޕްރައިވެޓު ލިމިޓެޑުން ބުނީ އަލަށް ބާޒާރަށް ނެރުނީ އެ މަރުކާގެ ބްލޮކް ޗޮކްލެޓް ރޭންޖު ކަމަށެވެ.
މިލްކު ޗޮކްލެޓާއި އެންމެންގެ މަގުބޫލުކަން ލިބިފައިވާ އެމްއެންޑްއެމް މިނިސް އެއްކޮށްގެން އުފައްދާފައިވާ ބްލޮކް ޗޮކްލެޓު ރޭންޖުގައި މިލްކު، އާމަންޑް، ކްރިސްޕީ، ކްރިސްޕީ މިންޓް ރަހަ ހިމެނެ އެވެ.
އެމްއެންޑްއެމްސްއަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލު އުފެއްދުމެކެވެ. ހަމައެކަނި ކުޑަކުދިންގެ މެދުގައެއް ނޫނެވެ. ބޮޑެތި މީހުން ވެސް ގަޔާވާ ރަހައަކަށް އެމްއެންއެމްސް ވަނީ ވެފަ އެވެ.
ހޯލް ސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވީބީގެ ހޯލްސޭލް އައުޓްލެޓް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އަދި ތިނަދޫން ވެސް މި އުފެއްދުމާއި ވީބީގެ އެހެން އުފެއްދުންތައް ވެސް ލިބޭނެ އެވެ. މާލޭގައި ވީބީގެ ހޯލްސޭލް ތިން އައުޓްލެޓް ހުރިއިރު، ހުޅުމާލޭގައި އެއް އައުޓްލެޓް އެބަ ހުއްޓެވެ.
ރީޓެއިލް ވިޔަފާރި ވެސް ފުޅާކޮށް ކުރަމުން އަންނަ ވީބީ ބްރަދާސްގެ ދެ މާޓު މާލޭގައި ހުރެ އެވެ. ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރަންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވީބީގެ މާޓެއް މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ.
މި އުފެއްދުން ވީބީ މާޓުގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން ލިބެން އެބަ ހުއްޓެވެ.
Comment