14 މޭ 2025 - 14:56 0
މުހައްމަދު ޝަހްޒާން
އިންޑިއާގައި ބޭއްވި ބެޓްލް އޮފް ބޭންޑްސްގެ ތިންވަނަ ހޯދި ޓޫ އޮފް އަސް ބޭންޑް -- ފޮޓޯ: ޕީއެސްއެމް
14 މޭ 2025 - 14:56 0
މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ހިންގާ "ޗާލު މާލެ" ކެމްޕޭނުގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް ބޭންޑު ހަމަޖައްސައިފި އެވެ.
"ޗާލު މާލެ" ކެމްޕޭނުގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް ހަމަޖެއްސީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގަ އެވެ. ޓޫ އޮފް އަސް އަކީ އިންޑިއާގައި މިފަހުން ބޭއްވި ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް އިން ތިންވަނަ ހޯދި ބޭންޑެވެ.
އެ ކެމްޕޭނުގެ އެމްބަސެޑަރަކަށް ޓޫ އޮފް އަސް ހަމަޖެއްސި ނަމަވެސް، އެ ބޭންޑަށް އެއްވެސް ފައިސާއެއް ދޭން ހަމަޖެހިފައި ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވި އެވެ.
ޗާލު މާލެ ކެމްޕޭނަކީ މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މީހުން އަހުލުވެރިކުރުމަށް އެ ކައުންސިލުން ހިންގާ ކެމްޕޭނެކެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް 50 އާއި 60 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެއީ ކައުންސިލުގެ ބަޖެޓަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Comment